ކުޅިވަރު

ކުޅިވަރާ ގުޅުންހުރި 77 މަޝްރޫއެއް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްފި

ކުޅިވަރާ ގުޅުންހުރި 77 މަޝްރޫއެއް ހިންގަން ސަރުކާރުގެ ކުންފުނިތަކާ މިއަދު ހަވާލުކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީން މި މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީ، އާރްޑީސީ އަދި ފެނަކަ އަށެވެ.

ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.

އެއްބަސްވުންތަކުގެ ދަށުން ފުޓްސަލް ދަނޑުތައް، ފުޓްބޯޅަ ދަނޑުތައް، އައުޓްޑޯ ޖިމް، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް، ބެޓްމިންޓަން ކޯޓު އަދި ވޮލީބޯޅަ ކޯޓުތައް ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.