ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕްގައި ކާމިޔާބުކަމާއެކު ލިގަމެންޓް ސާޖަރީއެއް ފުރިހަމަކޮށްފި

Jul 15, 2022

ޓްރީ ޓޮޕް ހޮސްޕިޓަލުން އެންޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް (އޭސީއެލް) ސާޖަރީއެއް ކާމިޔާބު ކަމާ އެކު ފުރިހަމަކޮށްފި އެވެ.

އޭސީއެލް އަކީ ކަކުލުގެ އެއްކަށިގަނޑު އަނެއް ކަށިގަނޑައި ގުޅުވާ ހިފަހައްޓައިދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުން ތަކެކެވެ. އާއްމުކޮށް މި ލިގަމެންޓް ހަލާކުވަނީ ދުވުންތެރިން އަދި ފުޓްބޯޅަ ކުޅުންތެރިން ފަދަ ކުޅިވަރު ކުޅޭ ފަރާތްތަކަށެވެ.

އޭސީއެލް ރީކޮންސްޓްރަކްޝަން ސާޖަރީ ހެދީ ތަޖުރިބާކާރު ކަށީގެ އޮޕަރޭޝަނަށް ހާއްސަ ކޮންސަލްޓަންޓް ޑރ. ކަނިރާޖް މަރިމުތު އެވެ.

ބަލިމީހަކީ ސްވިޓްޒަލޭންޑަށް ނިސްބަތްވާ 19 އަހަރުގެ ލީއެން ގްލައުސަ އެވެ. އޭނާ އަކީ ކޮމްޕްލެކްސް ސައިޔަނޮޓިކް ހާރްޓް ޑިސީސް ނުވަތަ ހިތުގެ ބަލި ޖެހިފައި ހުންނަ މީހެކެވެ.

ޑރ. ކަނިރާޖް މަރިމުތު ވިދާޅުވީ އޭސީއެލް ސާޖަރީ އަކީ އާންމުކޮށް ކުރާ ސަރޖަރީއެއް ކަމަށާ ނަމަވެސް ލީއެންގެ ހުންނަ ހިތުގެ ބަލީގެ ސަބަބުން ސާޖަރީ ފުރިހަމަކުރުމަށް އުނދަގޫތައް ކުރިމަތިވި ކަމަށެވެ. އެކަމަކު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހޭނައްތާ އަދި ހިތުގެ ބަލީގެ ޑޮކްޓަރުންގެ އެހީއާއި އެކު ސާޖަރީ އެއްވެސް މައްސަލައެއް ނެތި ފުރިހަމަކޮށްފައިވެ އެވެ. އަދި ސާޖަރީ ހެދި ދުވަހުގެ ހަވީރު ލީއެން ވަނީ ހިނގަން ފަށާ ރަނގަޅު ކުރިއެރުމެއް ދައްކާފަ އެވެ.

ކަށީގެ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރު ކަނީރާޖް މަރިމުތު އަކީ ޖޮއިންޓް ރިޕްލޭސްމަންޓް ސާޖަރީ، ސްޕޯޓްސް މެޑިސިން ސާޖަރީ، ކޮނޑުގެ ސާޖަރީ އަދި ކަކުލުގެ ސާޖަރީ ކުރުމަށް ހާއްސަ ކޮންސަލްޓެންޓެކެވެ.

ޑރ ކަނީރާޖް އެމްބީބީއެސް ފުރިހަމަކޮށްފައިވަނީ އިންޑިއާގެ މަޑްރާސް މެޑިކަލް ކޮލެޖުންނެވެ. އަދި އޯތޯޕީޑިކްސް ދާއިރާއިން ތަމްރީން ފުރިހަމަކޮށްފައިވަނީ އިންޑިއާގެ ސަވައި މަން ސިންގް މެޑިކަލް ކޮލެޖުގެ އޯތޯޕީޑިކްސް ޑިޕާޓްމަންޓުގަ އެވެ. މި ތަމްރީނު ފުރިހަމަ ކުރުމުގެ ތެރޭގައި "އޯލް އިންޑިއާ ބެސްޓް ރެސިޑެންޓް އޯތޯޕީޑިކް ސާޖަން އެވޯޑް" ޑރ ކަނިރާޖްއަށް ވަނީ ލިބިވަޑައިގެންފަ އެވެ.