ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު އަންހެނަކަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އިހްމާލުވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
މިނިސްޓްރީން ބަލަނީ ރ. ވާދޫ، މަރިޔަމް ސާނިޔާ މަރުވި މައްސަލައިގައި އޭނާއަށް ފުރަތަމަ ފަރުވީ ދިން ހޮސްޕިޓަލް ކަމަށްވާ އުނގޫފާރު ހޮސްޕިޓަލްގެ މައްސަލަ އެކެވެ.
ސާނިޔާ މަރުވިއިރު އޭނާގެ ދަރިފުޅު ބަނޑަށް މަރުވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ދަރިފުޅު ބަނޑަށް މަރުވުމުގައިވެސް އުނގޫފާރު ހޮސްޕިޓަލްގެ އިހްމާލުތަކެއް އުޅޭ ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.
ސާނިޔާ މަރުވީ ދަރިފުޅު މަރުވި ފަހުން ހާލު ދެރަވެ މާލެ ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންގެންދަނިކޮށް މިދިޔަ ބުދަ ދުވަހު އެވެ.