މޯލްޑިވިއަން ނާސިން އެސޯސިއޭޝަން (އެމްއެންއޭ) އާއި އީބީޕީ ހެލްތު ޗެމްޕިއަންސް މޯލްޑިވްސް (އީބީޕީއެޗްސީ މޯލްޑިވްސް) ގުޅިގެން ބާއްވާ ކޮންފަރެންސުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތުކެއާ ޕްރޮފެޝަނަލްސް (އައިޖޭސީއެޗްޕީ 2022)ގެ ނަމުގައި މި ކޮންފަރެންސް އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 20ގެ ނިޔަލަށް ބަންޑޮސް މޯލްޑިވްސްގަ އެވެ.
މި އަހަރު މި ކޮންފަރެންސްގެ ޝިޢާރަކީ "މޫވިން ފްރޮމް ސައިލޯސް ޓު ސިނާޖީ އިން އެވިޑެންސް ބޭސްޑް ޕްރެކްޓިސް" އެވެ. މި ޝިއާރުގެ ދަށުން ބައިވެރިންނަށް އެހެން ތަފާތު ސިއްހީ ފަންނުތަކުގެ މުވައްޒަފުންނާއެކު މަޝްވަރާތައްކޮށް، ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި އަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސިއްހީ ތަޖުރިބާކާރުންނާއި ޔުނިވާސިޓީތަކާއި ދަރިވަރުންނާއި ރިސާޗަރުންނާއި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އަދި ކޮންސަލްޓަންޓުން ހިމެނެ އެވެ.
މި ކޮންފަރެންސްގެ ޒަރިއްޔާ އިން މި ފަރާތްތަކަށް ދިވެހިރާއްޖޭގެ މިހާރުގެ އަދި މުސްތަގްބަލުގެ ސިއްހީ ދާއިރާ އަދި ހިދުމަތްތެރިންނާއި ގުޅުންހުރި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެ އެވެ.
ރާއްޖޭގެ އަސާސީ ހިދުމަތްދޭ ދާއިރާތައް ކުރިއެރުވުމަށް ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކުރާ މަސައްކަތްތަކަށް ދިރާގުން އަބަދުވެސް ދަނީ އެހީތެރިކަމާއި އެއްބާރުލުން ދެމުންނެވެ.