މޫސުން

މޫސުން ގޯސްވެ ޖޯލި ވޯޓާވިލާގެ ފާލަން ވެއްޓިއްޖެ

Jul 18, 2022

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ޖޯލި މޯލްޑިވްސްގެ ވޯޓާ ވިލާތަކާއި ރަށް ގުޅާލުމަށް ހަދާފައިވާ ފާލަން ވެއްޓިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ރޭ އައި ގަދަ ކޮޅިގަނޑުގައި ވެއްޓިފައިވަނީ ރ. މުރަވަންދޫގައި ހިންގާ ޖޯލި މޯލްޑިވްސް ރިސޯޓުގެ މޫދު ކޮޓަރިތަކާއި ރަށާ ގުޅާލަން ހަދާފައިވާ ދިގު ބްރިޖުގެ ބައެކެވެ. އަދި މިބައި ވެއްޓުމާ ގުޅިގެން މޫދު ކޮޓަރިތަކާއި ރަށާ ދެމެދު ވަނީ ދަތުރުތައް ހުއްޓިފަ އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގައިވާ ގޮތުން ވެއްޓިފައިވާ ފާލަމުގެ ބައިތައް ވަނީ އެއްކޮށް އަޑީގަ އެވެ. އަދި މިބައިތަކުގެ މަތިން ފެންގަނޑުދާތަން ފެނެ އެވެ.

މި ހާދިސާ ހިނގިއިރު އެ ރިސޯޓުގެ މޫދު ކޮޓަރިތަކުގައި ޓޫރިސްޓުން ތިބި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިިބިފައެއް ނުވެ އެވެ.

މާލެ އިން ފުރައިގެން ސީޕްލޭންގައި 45 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީކޮށްފައިވާ ޖޯލި މޯލްޑިވްސް ހުޅުވާފައިވަނީ 2018 ވަނަ އަހަރު އެވެ. މި ރިސޯޓުގައި 73 ވިލާ ހުރެ އެވެ.