ޓާޓާ ފްލެޓް މައްސަލަ

ޓާޓާގެ ފްލެޓުތައް ފުރިހަމަ ވާނެ

Jul 20, 2022
2

އިންޑިއާގެ އެންމެ ވަރުގަދަ ރިއެލް އެސްޓޭޓް ކުންފުނި ކަމަށްވާ ޓާޓާ ހައުސިން އިން މާލޭގައި އަޅާ "ލަކްސާވަން" ފްލެޓުތައް ފުރިހަމަވެފައި ހާއްސަ ވާނެ ކަމަށް ބުނެފި އެވެ.

ޓާޓާ ސަންސް ޕްރައިވެޓް ލިމިޓެޑްގެ 100 ސަބްސިޑަރީއެއް ކަމަށްވާ ޓާޓާ ހައުސިން ޑިވެލޮޕްމަންޓް ކޮމްޕެނީ ލިމިޓެޑުން ވަނީ މާލޭގެ އެންމެ ޕްރިމިއަމް ދެ ބިން ކަމަށްވާ ކުރީގެ ނާދީ ހުރިތަކާއި އޮޑިއަން ބިމުގައި "ލަކްސާވަން" ގެ ނަމުގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ފަށާފަ އެވެ. މި މަޝްރޫއުގެ ދަށުން އެއް ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓް އަޅާނެ އެވެ. މި އިމާރާތުގައި ޖުމްލަ 54 ރެޒިޑެންޝަލް ޔުނިޓް ހިމެނޭއިރު، އެ ކުންފުނިން ބުނީ މި މަޝްރޫއު ވެގެންދާނީ މާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި މަތި ވެގެންދާނެ ކަމެއް ކަމަށެވެ.

މި މަޝްރޫއާ ބެހޭ ގޮތުން ޓާޓާ ރިއަލްޓީ އެންޑް އިންފްރާސްޓްރަކްޗާ ލިމިޓެޑްގެ އެމްޑީ އެންޑް ސީއީއޯ ސަންޖޭ ދަތް ވިދާޅުވީ މި ފްލެޓުތަކަކީ ބައިނަލްއަގްވާމީ މާކެޓްތަކުގައި ޓާޓާ ހައުސިންގެ ފިޔަވަޅު ފުޅާ ކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.

" ލަކްސާވަން އާއެކު އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި ރެޒިޑެންޝަލް ލިވިން އެކްސްޕީރިއަންސް އަލުން ކަނޑައެޅުމުގެ ތަސައްވުރަކާއެކު ރާއްޖޭގައި ވަރުގަދަ ކުރުން. ޒިންމާދާރު ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑުމެންގެ ދައުރު އަދާކުރުމަށް އަޅުގަނޑުމެން ވައުދުވަން. މި މަޝްރޫއުގެ ހުސް ޖާގަ އާއި ފުރިހަމަ ޝޮޕިން ފެސިލިޓީވެސް ފެނިގެންދާނެ،" ސަންޖޭ ދަތް ވިދާޅުވި އެވެ.

ޓާޓާ ރިއަލްޓީ އެންޑް އިންފްރާސްޓްރަކްޗާގެ ޗީފް ސޭލްސް އެންޑް މާކެޓިން އޮފިސަރު ސާތަކް ސެތު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 40 ދިރިއުޅެނީ ވެރިރަށް މާލޭގައި ކަމަށާ "ލަކްސާވަން" އާއެކު އަމާޒަކީ މި މާކެޓު އަލުން ބައްޓަން ކުރުން ކަމަށެވެ.