ރައީސް އޮފީސް

އަންނަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދު

Jul 21, 2022

އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި އެވެ.

ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން މިނިވަން ދުވަސް ކަމުގައިވާ ޖުލައި 26ވާ އަންގާރަ ދުވަހާއި ޖުލައި 27ވާ ބުދަ ދުވަހުގެ ބަންދާ އެކު ޖުމްލަ ހަތަރު ދުވަހުގެ ބަންދެއް ސަރުކާރު މުވައްޒަފުންނަށް ލިބޭނެ އެވެ.

ރައީސް އޮފީހުން ބުނީ ޖުލައި 26 ވާ އަންގާރަ ދުވަހުން ފެށިގެން ޖުލައި 30 ވަނަ ދުވަހަށް ބަންދުވި ނަމަވެސް ޖުލައި 24 އަދި ޖުލައި 25 ވަނަ ދުވަހު ސަރުކާރު ބަންދުކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

މިނިވަން ދުވަހުގެ ބަންދު ދުވަސްތަކަށްފަހު ސަރުކާރު ދެން ހުޅުވާނީ ޖުލައި 31ވާ އާދިއްތަ ދުވަހު އެވެ.