ޑރ. އަލީ ޒާހިރު

އިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ އިލްމުވެރިންނަށް އަނިޔާކުރުން

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް -- އަވަސް ފޮޓޯ
0%
0%
0%

އިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ އިލްމުވެރިންނަށް އަނިޔާކުރުން ކަމަށް ވިދާޅުވެ ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅުވަ ހައްޔަރު ކޮށްފައިވާ ދީނީ އިލްމުވެރީންގެ ދިފާއުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ވާހަކަ ދައްކަވައިިފި އެވެ.

ޑރ. އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ އާ ދެކޮޅަށް އަޑުއުފުލި ދެ އިލްމުވެރީން ހަމަނުޖެހުމުގައި ބައިވެރިވެފައި ނުވަނީސް ރަހުމް ކުޑަ ގޮތަކަށް ހައްޔަރު ކޮށްގެން ވާނުވާގައި ބެއިތިއްބުން ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. އަދި ދީނީ ކަމެއްގައި ހައްގަކާ ނުލައި އިލްމުވެރި އަކަށް އަނިޔާވެރިވުމަކީ ހުރިހާ އިލްމުވެރިންނަށް އަނިޔާކުރުން ފަދަ ކަމެއް ކަމަށް ވިދާޅުވިއެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު ޝެއިހް އާދަމް ނިޝާން އާއި ޝެއިހް ފަޒްލޫން މުހައްމަދު ވަނީ ހައްޔަރު ކޮށްފައެވެ. އެ ދެ ބޭފުޅުންގެ ތެެރެއިން ޝެއިހް ފަޒްލޫން މުހައްމަދު މިއަދު ވަނީ ފުލުހުންގެ ބަންދުން ކޮށްލާފައެވެ. ކްރިމިނަލް ކޯޓުން ޝެއިހް ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. އެއީ މާލެއިން ފުރައިގެންދާނަމަ އެންގުމާއި އުޅޭ އެޑްރެސް އެންގުން އަދި ފުލުސް ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތު ކުރުމަށް ފަހު އެވެ.

ފަޒްލޫން ދޫކޮށްލާފައިވަނީ މަސް ދުވަހު ޖަލުގައި ބަންދު ކޮށްގެން ގެންގުޅުމަށް ފަހު އެވެ. ޝެއިހް ނިޝާންގެ ބަންދަށް މިހާރުވެސް ވަނީ 16 ދުވަސް ޖަހާފައެވެ.

އިލްމުވެރީން ބަންދުކޮށްގެން ގެންގުޅޭ މައްސަލާގައި ދީނީ އިލްމުވެރިންނާއި ދީނީ ޖަމާއަތްތަކުން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހާއްސަކޮށް ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނެވި ދުވަސްވަރެއްގައި މިފަދަ ކަންތައްތަކެއް ހިންގަމުންދާތީ އިލްމުވެރީންގެ ކަންބޮޑުވުން އިތުރެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910