އާސަންދަ

އާސަންދަ ބަޖެޓު ހުސްވެ އިތުރަށް ހޭދަކޮށްފި

Jul 23, 2022
3
އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
100%
0%
0%

މި އަހަރުގެ މެދުޖެހިފައިވާއިރު ސަރުކާރުގެ ހިލޭ ބޭސް ފަރުވާ ކުރާ ސްކީމް "އާސަންދަ" އަށް ދިން ބަޖެޓު ހުސްކޮށްލައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު އާސަންދަ އަށް ހަރަދު ކުރަން ދީފައިވަނީ 730.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް އާސަންދައިން 874.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މި އަދަދަކީ މިދިޔަ އަހަރު މި ބަޖެޓުން ހޭދަކުރަން ދިން 757.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

އާއްމު ގޮތެއްގައި އާސަންދައަށް މީގެ ކުރީގައި ދެ ބިލިއަނެއްހާ ރުފިޔާގެ ބަޖެޓެއް ދެއެވެ. ނަމަވެސް ސަރުކާރުން ވަނީ އާސަންދައިގެ ހޭދަ ކުޑަކުރަން ހިފާފަ އެވެ.

އާސަންދައިގެ ހަރަދުގެ ތެރޭގައި ހިމެނޭ ބޭހުގެ ހަރަދުތައް ކުޑަކުރަން ބޭސް ވިއްކާ ކުންފުނިތަކާ ސަރުކާރުން މަޝްވަރާ ކުރި އެވެ. ނަމަވެސް މިހާތަނަށް މީގެ އަލިމަގެއް ފެނިފައެއް ނުވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަނުގ

ހުސްވާނެއެއްނު. ތިމީހުންގެ ފައިވް ސްޓާ ހަރަދުވެސް ކުރަނީ އާސަންދައިން ވިއްޔާ.

ސަޥާ

ތި ބަޖެޓް ހެދި ފަރާތައް ސަލާމް

ހަލޭ

ތިޔަ އާސަންދަ ހުސްވި ސަބަބެއް ބުނެބަލަ މަށައްހީވަނީ އާސަންދަ ބަޖެޓުންހެން ވެރިކަލޭގެ ދަތުރުތައް ކޮއްނަގަނީވެސް އާއެހެންޏާ މަށައް މިވީ 5 އަހަރުދުވަހުގެ މުއްދަތުގަވެސް 500 ރުފިޔާ ގަނޑުވެސް ތިޔަ އާސަންދަ އަކުން ހޭދަވެފައެއް ނޯންނާނެ މުޅި ދައުލަތް ހުލިއަރުވައިފި މިބައިގަނަޑު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345