ހަބަރު

އާސަންދައިގެ ހޭދަ ބަޖެޓަށްވުރެ އިތުރުވެއްޖެ

Jan 8, 2020
7
ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ އާސަންދަ ނޮދާން ރީޖަނަލް އޮފީސް ހުޅުވަނީ: އާސަންދައިގެ ބަޖެޓަށްވުރެ އިތުރަށް ވަނީ ހޭދަކޮށްފައި -- ފޮޓޯ އަވަސް
0%
0%
0%

ގައުމީ ބޭސް ފަރުވާގެ ނިޒާމް، އާސަންދައިން މިދިޔަ އަހަރު ކުރި ހޭދަ ލަފާކުރި ވަރަށްވުރެ އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ހަފުތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އާސަންދައިން ހަރަދު ކުރުމަށް މިދިޔަ އަހަރަށް ބަޖެޓްކޮށްފައި އޮތީ، އެއް ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު 1.2 ބިލިއަން ރުފިޔާ ވަނީ އާސަންދައަށް ހޭދަކޮށްފަ އެވެ.

ގައުމީ ބޭސް ފަރުވާނެ ނިޒާމުން ކުރާ ހޭދައިގެ ބޮޑު ބައެއް ދަނީ ބޮޑެތި ބަލި ތަކަށް ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރަން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރަށް 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފައިވެ އެވެ. ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ބަޖެޓުން 27 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 24 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345