ދުނިޔެ

ޔުކްރޭން ހަނގުރާމަ އަކީ ނުކޮށް ފަރުޖެއްސެން އޮތް ހަނގުރާމައެއް: ޑޮލަޑް ޓްރަމްޕް

ޓައިވާން އާއި ޗައިނާ ވެސް މިހާރު އެ އޮތީ ހަނގުރާމަ އިއުލާންކުރާ ހިސާބުގައި ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ޔުކްރޭން ހަނގުރާމަ އަކީ ވެސް ނުކޮށް ފަރުޖެއްސެން އޮތް ހަނގުރާމަ އެކެވެ. ބަޔަކު ލައްވާ ހަނގުރާމަ ކުރުވަން އެދޭ ނަމަ ކިތަންމެ ބަޔަކު ލައްވާ ވެސް ހަނގުރާމަ ކުރުވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާ އާއި ޓައިވާނަށް މިސާލު ޖައްސަވައި ޓްރަމްޕް ކުރެއްވީ ސުވާލެކެވެ. އޭނާ ވިދާޅުވީ ހަނގުރާމައަކާ ދިމާއަށް މަސްރަހު ބަދަލުކުރުމުން ދުނިޔެއަށް އަންނަ ބޮޑެތި ބަދަލުތައް ސިޔާސީ ލީޑަރުންނަށް ނުފެންނަނީ ކީއްވެތޯ އެވެ.

އެމެރިކާގެ ވެރިކަމުގައި އޭނާ ހުންނެވި ނަމަ ޔުކްރޭން ހަނގުރާމަ ނުކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ޗައިނާއިން ޓައިވާނަށް ހަމަދޭނަމޭ ބުނަން ޖެހޭ އެއްވެސް ސަބަބެއް މެދުވެރި ނުކުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިން އަކީ ގާތް ބޭފުޅެކެވެ. އަދި ޝީއާ މުއާމަލާތް ކުރައްވަން އޭނާއަށް ރަނގަޅަށް އެނގިވަޑައި ގަންނަވަ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ގެއްލިގެން ދަނީ ކިތައް ފުރާނަތޯ ޓްރަމްޕް ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ޔުކްރޭން ހަނގުރާމަ ނުފެށި ނަމަ ޔުކްރޭނަށް އެހާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާ ކުރައްވާނެ ގޮތް، ޓްރަމްޕް ވިދާޅުވި ގޮތުން އޭނާއަށް އެނގިވަޑައި ގަނެ އެވެ. ހަނގުރާމަ ނުފަށާ ފަރުޖައްސާނީ ޓްރަމްޕް ވިދާޅުވި ގޮތުން މަޝްވަރާކޮށްގެންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ޕޫޓިންގެ ވިސްނުން ހުންނާނީ ޔުކްރޭންގެ ތަންތަން ހަލާކުކުރުމަށެވެ. އަދި ޔުކްރޭންގެ އުމްރާނީ ތަރައްގީ ހަލާކު ކުރުމުން އާންމުން ގައުމު ދޫކޮށް ދާނެކަން ރަޝިއާއަށް އެނގެ އެވެ.