އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމާ ހަވާލުވެވަޑައިގަތުމުން -- ރަޝިއާ، ޔުކްރޭން ހަނގުރާމަ ނިމިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޔުކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ޔުކްރޭންގެ ހަބަރު އޭޖެންސީ ސަސްޕްލައިންއަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ކުރިއަށް އޮތް 2025 ގައި ޔުކްރޭން ހަނގުރާމައަށް ނިމުން އަންނަންވާނެ ކަމަށެވެ.
ޑޮނަލްޑް ޓްރަމްޕް އަކީ ރޭވުންތައް ވަރަށް އަވަހަށް ތަންފީޒު ކުރައްވާ ލީޑަރެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމުން މަޝްވަރާތަކުގައި އަމަލީސިފަޖެހުން އަވަސްވާނެ ކަމަށް އުންމީދު ކުަރައްވާ ކަމަށެވެ.
ޒެލެންސްކީ ދެއްކެވި ވާހަކަތަކުން ދޭހަވަނީ ޔުކްރޭން ހަނގުރާމަ އަކީ ކޮންމެހެން ކުރަން ޖެހޭ ހަނގުރާމައެއް ނޫން ކަމެވެ. އަދި ހަނގުރާމަ ހުއްޓާލުން ލަސްވެވަަޑައިގެން ހުންނެވިކަން ވެސް ދޭހަވެ އެވެ.
ނަމަވެސް، އެމެރިކާގެ ވެރިކަން ބަދަލުވުމަށް ދާންދެން، ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ބަސްފުޅެއް ވިދާޅުވުން ޒެލެންސްކީއަށް ވެސް އޮތީ މަނާވެފަ އެވެ.
އެމެރިކާއާ ޔޫރަޕް ލައިދެއްވި ބުއްދިއެއްގެ ސަބަބުން ޒެލެންސްކީ ހުންނެވީ އަމަލުވެވަޑައިގެންފަ އެވެ. ޒެލެންސްކީ ހީކުރެއްވި ގޮތުން ރަޝިއާއާ އެކު ހަނގުރާމަކޮށްގެން ނޫން ގޮތަކަށް ޔުކްރޭނަށް ހައިސިއްޔަތެއް ނޯންާނާނެ އެވެ.
ޓްރަމްޕް ސަރުކާރުން މަޝްވަރާއަށް ދައުވަތު ހުޅުވާލައި -- ރަޝިއާއާ އެކު މަޝްވަރާކުރަން ޔުކްރޭނަށް ހުށަހަޅައިފި ނަމަ ހައްދަވާނެ ގޮތަކީ ކޮބައިތޯ ނޫސްވެރިޔާ ސުވާލުކުރުމުން ޒެލެންސްކީ ވިދާޅުވީ، ޔުކްރޭން އަކީ މިނިވަން ދައުލަތެއް ކަމަށާއި، އެއް މޭޒު ދޮށުގައި މަޝްވަރާއަށް ހުރަހެއް ނޯންނާނެ ކަމަށެވެ.
ޒެލެންސްކީ އަދި ވިދާޅުވީ ޔުކްރޭން ރައްޔިތުން އެދޭ ގޮތަކީ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ކަމަށެެވެ. ސަޅިކަނޑައި، ހުސްއަނގަތެޅުމަކީ އެ މީހުން ރުހޭ ކަމެއް ނޫން ކަމަށްވެސް ޒެލެންސްކީ ވިދާޅުވި އެވެ.