ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް، ޑިފެންސް މިނިސްޓަރުކަމުން ވަކިކުރި މުހައްމަދު ނާޒިމްގެ ބަދަލުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު އައްޔަން ކުރައްވައިފި އެވެ.
ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެލްޖީއޭގެ ބޮޑުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.