ދިރާގު

ދިރާގު ޕޯސްޓްޕެއިޑް ހިދުމަތަށް ހުށަހަޅައިގެން ހިލޭ ދަތުރެއް

Jul 25, 2022

ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ހިދުމަތަށް އެޕްލައިކޮށްގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލާއިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރިއަކަށް އަބޫ ދާބީ، ދުބާއީ އަދި އިސްތަންބޫލަށް ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ފަހިިކޮށްދެ އެވެ.

މިދަތުރުގެ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ދުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއާ ވެސް ހިލޭ ހަމަޖައްސައިދެ އެވެ. މީގެ އިތުރުން 1،000 ޑޮލަރުގެ ޝޮޕިން އެލަވަންސެއްވެސް ނަސީބުވެރި ފަރާތަކަށް ހަމަޖައްސައިދެ އެވެ.

ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީީ މިއަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ހުށަހަޅާ ފަރާތްތަކުން ޑިޕޮސިޓެއް ބަހައްޓާކަށް ނުޖެހެ އެވެ . މީގެ އިތުރުން އަލަށް ޕޯސްޓްޕެއިޑް ޕެލޭނެއް ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އިތުރު ހިލޭ ޑޭޓާ އެލަވަންސްތަކާއެކު މަހު ކުލިން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓުވެސް ލިބިގެންދާނެ އެވެ.

ދިރާގުން ބުނީ މިއީ އެކުންފުނިން ދޭ ތަފާތު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ބަދަލުކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށެވެ. ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑްގެ ތަފާތު ޕެކޭޖުތަކާއިއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޭނުންވާ އަގެއްގައި ތަފާތު ވޮއިސް އަދި ޑޭޓާ އެލަވަންސްތައް ހިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ކަސްޓަމަރުންނަށް ވީހާވެސް ހެޔޮ އަގުގައި ގެނެސްދިނުމަށް ކަމަށެވެ.