މުހައްމަދު ނާޒިމް

ހިޔާލު ފާޅުކުރުމުގެ ހައްގުގާ ހިލިހިލާ ޖަހައިފި: ނާޒިމް

ޒަމާނުއްސުރެ ދިވެހިން ވަކާލާތު ކުރަމުން އައި ހިޔާލު ފާޅުކުރުމުގެ ހައްގުގައި ހިލިހިލާ ޖެހިފައިވާ ކަމަށާ ދައުލަތް ޖަވާބުދާރީ ކުރުވަން ހެދިފައިވާ މުއައްސަސާތަކުގެ ބާރުކެނޑި ރައްޔިތުން ގުރުބާންވެ ހޯދައިދިން ހައްގުތަށް ހަނިކުރެވެމުން ގޮސް ޑިމޮކްރަސީގެ އެއް އަސާސް ކަމުގައިވާ މިނިވަން ނޫސްވެރިކަން ނޭވާ ހޮޅިއަށް އެޅިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ މިއަދު ނެރުއްވި ބަޔާނުގައެވެ. އެ ބަޔާނުގައި މިނިވަންކަމަށް 57 އަހަރު ފުރިގެން ދާއިރު ނުހަނު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ ދައުލަތް ޖަވާބުދާރީ ކުރުވަން ހެދިފައިވާ މުއައްސަސާތަކުގެ ބާރުކެނޑިއްޖެ ކަމަށެވެ. އަދި ރައްޔިތުން ގުރުބާންވެ ހޯދައިދިން ހައްގުތަށް ހަނިކުރެވެމުން ގޮސް ޑިމޮކްރަސީގެ އެއް އަސާސް ކަމުގައިވާ މިނިވަން ނޫސްވެރިކަން ނޭވާ ހޮޅިއަށް އެޅިފައިވާ ކަމަށް ވިދާޅުވިއެވެ.

"ޒަމާނުއްސުރެ ދިވެހިން ވަކާލާތު ކުރަމުން އައި ހިޔާލު ފާޅުކުރުމުގެ ހައްގުގާ މިވަނީ ހިލި ހިލާ ޖެހިފައި. ރައްޔިތުންނަށް ތެދު ހަބަރު ފެތުރުމުގެ ބޮޑު މައްސޫލިޔަތު ގާނޫނު އަސާސީން ތަންމިނަށް ދީފަ އޮތް ނޫސްވެރިންނަށް ޖަލުގެ ހުރަގެ އެއީ އެމީހުންގެ މަސައްކަތުގެ އެންމެ ފަހު މަންޒިލް ކަމަށް މިވަނީ ވެފައި. ދިވެހިންނަށް މިނިވަންކަން ލިބުތާ 57 އަހަރު ފުރި އޭގެ އުފާ އަޅުގަނޑުމެން ފާހަގަ ކުރާއިރު އަޅުގަނޑުމެންގެ ހާލަކީ މި،" މަސްދަރު ހާމަކުރުން މަޖުބޫރު ކުރުވި ކުރުވުމަށް އިޝާރާތް ކުރައްވާ ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޒަމާނުއްސުރެ ދިވެހިން ވަކާލާތު ކުރަމުން އައި ހިޔާލު ފާޅުކުރުމުގެ ހައްގުގާ މިވަނީ ހިލި ހިލާ ޖެހިފައި. ރައްޔިތުންނަށް ތެދު ހަބަރު ފެތުރުމުގެ ބޮޑު މައްސޫލިޔަތު ގާނޫނު އަސާސީން ތަންމިނަށް ދީފަ އޮތް ނޫސްވެރިންނަށް ޖަލުގެ ހުރަގެ އެއީ އެމީހުންގެ މަސައްކަތުގެ އެންމެ ފަހު މަންޒިލް ކަމަށް މިވަނީ ވެފައި. ދިވެހިންނަށް މިނިވަންކަން ލިބުތާ 57 އަހަރު ފުރި އޭގެ އުފާ އަޅުގަނޑުމެން ފާހަގަ ކުރާއިރު އަޅުގަނޑުމެންގެ ހާލަކީ މި
މުހައްމަދު ނާޒިމް | މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް

އަދި ވިދާޅުވީ ޒަމާނުއްސުރެން މި ގައުމުގައި ދަމަހައްޓަމުން އައި އިސްލާމީ ރިވެތި އުސޫލުތަކާއި މިންގަނޑުން ނެއްޓި ގައުމުގެ ފޭރާން ރޫޅި ދިވެހިންގެ ތެރެއިން ބައެއްގެ އަހްލާގު މިއަދު ވެއްޓިފައިވާ ދަރަޖައަކީ އެއާމެދު ކޮންމެ ދިވެހި މަންމަޔަކާ ބައްޕަޔަކު އަދި ކޮންމެ ބޭބެއަކާ ކޮއްކޮއަކުވެސް ފުންކޮށް ވިސްނަން ޖެހިފައިވާ ހާލަތެއް ކަމަށެވެ. އަދި ދިވެހިންގެ ހިއްތަކުގަ އިސްލާމީ ޝިއާރު އާލާކޮށް އިސްލާމީ ވަހުދަތު ނަގަހައްޓާ ހިފަހައްޓާނެ ބަޔަކަށް މި ގައުމު ބޭނުންވެފަ އޮތް މިންވަރު ވިސްނާ ފިކުރު ކުރާ ހަމަ ކޮންމެ މީހަކަށް އިހްސާސް ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގްލާލާއި މާތްވެގެންވާ އިސްލާމްދީންގެ މަތިވެރި އުސޫލްތައް ނަގަހައްޓާ ދިވެހިންނަށް ހިދުމަތް ދިނުމުގައި ހަމަ ހަމަކަން ގާއިމު ކޮށްދީ ދިވެހިން އެދޭ އުންމީދީ ދިވެހި ރާއްޖެ އެއް ބިނާކުރުމަށް އަޅުގަނޑު މިހިރީ ކެރިގެން ކުރިމަތި ލާން،"

މީގެ އިތުރުން ކޮވިޑް19 އަށްފަހު ރަޝިޔާ ޔުކުރެއިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ހީނަރުވެ އޭގެ އަނދިރިކަން ދިވެހިންގެ ހިތްތަކަށް ވެރިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ބާޒާރުގައި މުދަލުގެ އަގު ބޮޑުވެ އާންމު ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ދައްވަމުން ކަމަށާ ދައުލަތާ ސަރުކާރުގެ ހިދުމަތާ އެކަށީގެން ނުވާ ވަރަށް ދައުލަތް ބޮޑުކޮށް އިސްރާފް ފޫބެއްދުމަށް ހަރުދަނާ ފިޔަވަޅެއް ނޭޅި އޮތް ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން އަތުންނަގާ ޓެކްސް އިތުރު ކުރުން އެއީ ހަމައެކަނި ހައްލު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. ނާޒިމް އެ އިޝާރާތް ކުރައްވަނީ ޖީއެސްޓީ ނަގާ މިންވަރު އިތުރު ކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަށެވެ.