މޯލްޑިވްސް ޕޮލިސް ސާވިސް

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ނެތް: ޕޮލިސް

Jul 28, 2022

އެއްޖިންސުން ގުޅުން ހިންގި މީހުންގެ މައްސަލަތައް ތަހުގީގަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ސިޔާސީ ގޮތުން ނުފޫޒުގަދަ ފަރާތްތަކެއް ހިމެނޭއިރު އެފަދަ މީހުންނާއި އެ މީހުންގެ އާއިލާތަކުގެ ބައެއް މީހުން ފުލުހުންގެ ތަހުގީގަށް ހުރަސް އަޅާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ހަބަރުތަކެއް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

ފުލުހުން މިއަދު ނޫސްތަކަށް ފޮނުވި މެސެޖެއްގައި ބުނީ ތަހުގީގަށް ހުރަސް އަޅާ ކަމަށް ބުނެ ފަތުރަނީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ފުލުހުން ބުނީ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައިގައި ވަކި ގޮތަކަށް އަމަލުކުރުމަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މައްސަލައާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.