ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ސިވިލް ކޯޓަށް ވެއްދި މައްސަލަ ބޭރުކޮށްލައިފި

Jan 8, 2016

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ކުރީގެ ރައީސް މިނިވަން މިނިވަން ކުރަން އެދި ސިވިލް ކޯޓަށް ހުށަހެޅީ މައްސަލަ ބަލައި ނުގަތް ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

މިރޭ ލ. ގަމުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަން ސިވިލް ކޯޓުން އިއްޔެ އަންގާފައިވާ ކަމަށާއި އެގޮތަށް ކޯޓުން މައްސަލަ ބޭރުކޮށްލި ނަމަވެސް އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ސިވިލް ކޯޓަށް ވެއްދި މައްސަލަ ބޭރުވި އިރު ރައީސް ނަޝީދުގެ ފަރާތްޕުޅުން ސޕްރީމް ކޯޓާއި ހައިކޯޓަށް ވެސް ވަނީ ދެ މައްސަލައެއް ވައްދާފަ އެވެ.