ރާއްޖެ ކުޅިވަރު

ޝާފީ އާއި ފައިސަލް ވެލެންސިއާ އަށް

ޕީޕަލްސް ކަޕުގައި ޝާފީ (ކ) ޕީޑީއާރުއެމްއާ ދެކޮޅަށް ކުޅެނީ: އަންނަ އަހަރު ފެންނާނީ ވެލެންސިއާއިން.
0%
0%
0%

ނިއުރޭޑިއަންޓަށް ކުޅުނު ޑިފެންޑަރު ޝާފިއު އަހުމަދާއި އީގަލްސްގެ ކީޕަރު މުހައްމަދު ފައިސަލް އަންނަ ސީޒަނުގައި ވެލެންސިއާ އަށް ކުޅެން ސޮއިކޮށްފި އެވެ.

މި ދެ ކުޅުންތެރިން ވެސް ވެލެންސިއާގެ ޖާޒީ ލާން އެއްބަސްވިކަން ވެލެންސިއާއިން ވަނީ ޔަގީންކޮށްދީފަ އެވެ. އަދި މިއީ އަންނަ ސީޒަނަށް ވެލެންސިއާ ވަރުގަދަ ކުރުމަށް އެކުލަބަށް ގެންދިޔަ ފުރަތަމަ ދެ ކުޅުންތެރިންނެވެ.

ފާއިތުވެދިޔަ ހަ އަހަރު ތައްޓެއް ނުލިބި އޮތް ވެލެންސިއާ އަންނަ ސީޒަނަށް ވަރުގަދަ ކުރުމަށް ދިވެހި ކުޅުންތެރިން ހޯދުމަށް އެކުލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޓީމަށް ގެންދިޔަ ކުޅުންތެރިންގެ ތެރެއިން ޝާފިއުއަކީ ވެލެންސިއާއިން ފުޓްބޯޅަ ކެރިއަރު ފެށި ކުޅުންތެރިއެކެވެ. އޭނާ 2010 ގައި ވެލެންސިއާ ދޫކޮށްލުމަށް ފަހު ވަނީ ވިކްޓަރީ އާއި މާޒިޔާ އަދި ނިއު އަށް ކުޅެފަ އެވެ.

ފައިސަލް އަކީ 2013 ވަނަ އަހަރު ވެލެންސިއާގެ ގޯލު ބެލެހެއްޓި ކީޕަރެވެ. އޭގެ ފަހުން އީގަލްސް އަށް ކުޅުނު ވިކްޓަރީގެ ކުރީގެ ކީޕަރު މިދިޔަ އަހަރު ހުރީ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. ފައިސަލް މިހާރު އަންނަނީ ގައުމީ ޓީމާއެކު ފަރިތަކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345