ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ރ. އަލިފުށްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ހާމަކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވާރޭ ރެކޯޑު ކުރެވިފައިވާ ރަށްތަކަށް ބަލާއިރު، އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދަށް ކަމަށެވެ. އެގޮތުން ރ. އަލިފުށީގައި ގާއިމުކޮށްފައިވާ އޮޓަމެޓިކް ވެދާ ސްޓޭޝަނުން 157 މިލިމީޓަރުގެ ވާރޭ ރިކޯޑު ކޮށްފައިވާ ކަމަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ވާރޭ ވެހުނު މިންވަރު
- ރ. އަލިފުށި - 156.5 މިލިމީޓަރު
- ލ. ކައްދޫ - 120.5 މިލިމީޓަރު
- ށ. ކޮަމަންޑޫ - 101.9 މިލިލީޓަރު
- ރ. ދުވާފަރު 69 މިލިމީޓަރު
- ކ. ގުރައިދޫ 60.3 މިލިމީޓަރު
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމާ ގުޅިގެން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގައިވާ ރަށްތަކަށް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު މިހާރު ވަނީ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް އިތުރުކޮށްފަ އެވެ.
ކުރިއަށް އޮތް ތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީއާއި ބައެއް ވަގުތުތަކުގައި ވައި ވެސް ގަދަވާނެ ކަމަށް ބެލެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.