ޓައިވާން

ޕެެލޯސީ މާދަމާ ޓައިވާނަށް ވަޑައިގަންނަވާނެ: ޓައިވާން ނޫސްތައް

ނާންސީ ޕެލޯސީ: މާދަމާ ޓައިވާނަށް ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން އަންނަނީ ބުނަމުން
0%
0%
0%

އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ މާދަމާގެ ވަގުތެއްގައި ޓައިވާނަށް ވަޑައިގަންނަވާނެ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ޓައިވާން ނޫސްތަކުން، ނަން ހާމަކުރަން ނޭދޭ މީހަކާ ހަވާލާދީ ބުނެފައިވާ ގޮތުން ޕެލޯސީ މާދާމާ ޓައިވާނަށް ވަޑައިގެން ވެރިރަށް ޓާއިޕޭގައި ރޭކުރައްވާނެ ކަމަށެވެ.

ޕެލޯސީ މިހާރު އުޅުއްވަނީ އޭޝިއާއަށް ކުރައްވާ ދަތުރެއްގައި ސިންގަޕޫރުގަ އެވެ. ދަތުރަށް ފެއްޓެވުމުގެ ކުރިން މަންޒިލްތައް އާންމުކުރައްވައި ކުރެއްވި ޓްވީޓްގައި ޓައިވާންގެ ނަމެއް ނެތެވެ. ވަޑައިގަންނަވާނެ ކަމަށް އޮތީ ސިންގަޕޫރާއި މެލޭޝިއާ، ދެކުނު ކޮރެއް އަދި ޖަޕާން އެވެ.

ޗައިނާ ކުރިއާލައި ވަނީ ޕެލޯސީ ޓައިވާނަށް ވަޑައި ނުގަތުމަށް ދަންނަވާފަ އެވެ. ޓައިވާނަކީ މިނިވަން ދައުލަތަށް ނުވާއިރު އެއީ ޗައިނާގެ މައި ސަރުކާރަށް ބަލަދުއަރާ -- ޗައިނާގެ ވަކި އަވަށެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕެލޯސީ އޭޝިއާއަށް ކުރައްވާ ދަތުރުގައި ޓައިވާނަށް ވަޑައިގަންނަވާ ތަން ބަލަން އަސްކަރިއްޔާ ނޯންނާނެ ކަމަށް ބުނެ ޗައިނާއިން ވަނީ އިންޒާރުދީފަ އެވެ. އައި އަލިފާނާ ކުޅެއް ހަދައިގެން އަތަށް ގޮވާ ފަހަރު ވެސް އަންނާނެ ކަމަށް ބައިޑަންއަށް ވަނީ ދަންނަވާފަ އެވެ.

ޓައިވާންގެ "ލިބާޓީ ޓައިމްސް" ބުނާ ގޮތުން ޕެލޯސީ އަންގާރަ ދުވަހު ޓައިވާނަށް ވަޑައިގެން ބުދަދުވަހު ޓައިވާންގެ ޕާލަމެންޓަށް ވަޑައިގަންނަވާނެ އެވެ.

"ޔުނައިޓެޑް ޑެއިލީ" ބުނާ ގޮތުން ޕެލޯސީއަށް މަރުހަބާ ދެންނެވުމަށް އޮފިޝަލުންނަށް އޮތީ އަންގާފަ އެވެ.

އެހެން ނަމަވެސް، ޓައިވާންގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުން ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާ ބެހޭ ގޮތުން ބުނާނެ އެއްޗެއް ނެތެވެ. ޚަރަބަށް ދޭނެ އެއްވެސް މައުލޫމަތެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖައޯ ލިޖިއަން ވިދާޅުވި ގޮތުން ޕެލޯސީ ޓައިވާނަށް ވަޑައިގަތުން ވާނީ ޗައިނާގެ ހައިސިއްތަށް އަރައިގަތުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ދަތުރުގެ ސަބަބުން އުފަންވެފައި ނެތް މައްސަލަތަކެއް ކުރިމަތިވެ ހާލަތު މުޅިން ބަދަލުވާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910