ދުނިޔެ

އުތުރު ކޮރެއާ، ޖަޕާން މަތިން ބެލިސްޓިކް މިސައިލެއް ފޮނުވައިފި

އުތުރު ކޮރެއާއިން ފޮނުވާލި ބެލިސްޓިކް މިސައިލެއް ޖަޕާން ހުރަސްކޮށް ދަރުތުކޮށްފި ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޖަޕާން ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން މިއީ ފާއިތުވި ފަސް އަހަރު ތެރޭގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.

ޖަޕާންގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ކިޔޮޑޯ ނޫސް އޭޖެންސީ ބުނާ ގޮތުން ޖަޕާން ހުރަސްކޮށް ދަތުރުކުރި ބެލިސްޓިކް މިސައިލް މިހާރު ވަނީ ވެއްޓިފަ އެވެ.

އުތުރު ކޮރެއާއިން ފޮނުވި މިސައިލެއް ޖަޕާނާ ދިމާއަށް އަންނާތީ އާންމުން ރައްކާތެރި ތަންތަނަށް ވަނުމަށް ވަނީ ގޮވާލާފަ އެވެ. ބޮމާއި މިސައިލުން ދިފާއުވުމަށް ބިންގަރާސްތަކަށް ވަނުމަށްވެސް ވަނީ ގޮވާލާފަ އެވެ.

ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ މައްސަލަ ބައިނަލްއަގުވާމީ އިދާރާތަކަށް އުފުލޭ ވަރަށް މައުލޫމާތު އެއްކުރާނެ އެވެ. އޭނާ ވަނީ ގުޅުން ހުރި އިދާރާތަކަށް -- ޑިފެންސް މިނިސްޓްރީ ވެސް ހިމެނޭ ގޮތުން މިއަދުގެ ހާދިސާއާ ބެހޭ މައުލޫމާތު ހޯދައި އެއްކުރުމަށް އަމުރުކުރައްވާފަ އެވެ.

އުތުރު ކޮރެއާއިން މިފަހަރު ޓެސްޓް މިސައިލް ފޮނުވުން ވަނީ އިތުރުކޮށްފަ އެވެ. އުތުރު ކޮރެއާގެ މި އަމަލުތަކަކީ އަވަށްޓެރި ގައުމުތަކަށް -- ޚާއްސަކޮށް ދެކުނު ކޮރެއާ އާއި ޖަޕާނަށް ވަރަށް ބޮޑު ބިރަކަށް ވަނީ ވެފަ އެވެ.

ނިއުކްލިއާ ވޯހެޑް އުފުލޭ ފެންވަރުގެ އެތައް މިސައިލެއް ވެސް އުތުރު ކޮރެއާ ވަނީ ޓެސްޓްކޮށްފަ އެވެ.

ޗައިނާ، ޓައިވާންގެ ހަމަނުޖެހުންތަކާ ގުޅިގެން ވެސް އުތުރު ކޮރެއާއިން މިސައިލްތަކެއް ޓެސްޓްކުރި އެވެ.