އާޒިމާ ޝަކޫރު

އާޒިމާގެ ޝަރީއަތް ކެންސަލްކޮށްފި

Aug 3, 2022

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރަަށް ކުރާ ދެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ދައުލަތުން އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާގެ އަޑުއެހުމެއް މިއަދު ހެނދުނު 9:00 ޖެހިއިރު ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލްކުރި އެވެ. ނަމަވެސް ފަހުން ވަގުތު އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެން ހައިކޯޓާއި ސުޕްރީމް ކޯޓަށް އާޒިމާ މައްސަލަ ހުށަހެޅުއްވި އެވެ. ނަމަވެސް ދެ ކޯޓުންވެސް ނިންމީ އާޒިމާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމަށްފަހު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ.