ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނާ ޑައިރެކްޓާ އޮފް ޕްރިޒަންގެ މަގާމަށާއި، ޖަލުތަކުގެ އިދާރީ ހިންގުމާއިބެހޭ ގަވައިދު ބުނާ ޑެޕިއުޓީ ޑައިރެކްޓާ އޮފް ޕްރިޒަންސްގެ މަގާމަށް ބޭފުޅުން ހަމަޖައްސައިފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް މިއަދު އެ ފަރާތްތައް އައްޔަންކޮށްފައި ބަނީ ހޯމް މިނިސްޓަރުގެގެ ލަފާފުޅާއެކު، އެކު އެވެ. ޑައިރެކްޓާ އޮފް ޕްރިޒަން ގެ މަސްޢޫލިއްޔަތު ތަކަކީ އޭނާގެ ދަށުގައިވާ ޖަލުތަކާގުޅޭ ކަންކަން ކޮމިޝަނާ އޮފް ޕްރިޒަންސް ކަނޑައަޅާ ގޮތެއްގެމަތިން ހިންގައި ބެލެހެއްޓުމެވެ.
މާފުށީ ޖަލުގެ ޑައިރެކްޓާ އޮފް ޕްރިޒަން ގެ މަގާމަށް އައްޔަން ކުރީ އިންސްޕެކްޓާ އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން އާލީ އެވެ. މާލޭ ޖަލުގެ ޑައިރެކްޓާ އޮފް ޕްރިޒަން ގެ މަގާމަށް އައްޔަން ކުރީ އިންސްޕެކްޓާ އޮފް ޕްރިޒަންސް މުޙައްމަދު ތޮލާލް އެވެ.
ހުޅުމާލެ ޑިޓެންޝަން ސެންޓަރުގެ ޑައިރެކްޓަ އޮފް ޕްރިޒަންގެ މަގާމަށް އައްޔަން ކުރީ އިންސްޕެކްޓާ އޮފް ޕްރިޒަންސް މޫސާ އަންވަރެވެ. އައްސޭރި ޖަލުގެ ޑެޕިއުޓީ ޑައިރެކްޓާ އޮފް ޕްރިޒަން ގެ މަގާމަށް ސަބް އިންސްޕެކްޓަ އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން އެވެ.