މޯލްޑިވްސް ޕޮލިސް ސާވިސް

ރޭގެ މަރާ ގުޅޭ މައުލޫމާތު ދޭން ފުލުހުން ތައްޔާރުވަނީ

0%
0%
0%

އެއްވެސް ރަހުމެއް ނެތި އަނިޔާވެރިކަމާއެކު ޒުވާން އަންހެނަކު މަރާލި މައްސަލައާ ގުޅިގެން މިވަގުތަށް ހާމަކުރެވެން ހުރި މައުލޫމާތު ދިނުމަށް ނޫސްވެރީންގެ ބައްދަލްވުމަކަށް ފުލުހުން ތައްޔާރުވެއްޖެ އެވެ.

ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހަވީރު 4:45ގައި ނޫސްވެރީންގެ ބައްދަލްވުމެއް އޮންނާނެ ކަމަށެވެ. މިއީ ރޭގެ މަރާއި ގުޅިގެން މައުލޫމާތު ދޭން ބާއްވާ ބައްދަލްވުމެކެވެ. ނޫސްވެރީންގެ ބައްދަލްވުމުގައި މައުލޫމާތު ދެއްވާނީ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު އާއި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑެތް އެންޑް ހޮމިސައިޑް އިވެންސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހު އެވެ.

އަންހެން މީހާގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެއެވެ. މިއީ މި ފަހުން ހިނގި މިފަދަ އެންމެ ރަހުމްކުޑަ ހާދިސާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910