ކްރިމިނަލް ކޯޓް

އަނަސްގެ މަރު: ދައުވާ ލިބޭ މީހުންގެ ބަންދަށް ލުޔެއް ނުދިން

Mar 19, 2023
1
ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސް
0%
0%
0%

އަނިޔާވެރިކޮށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ. އަނަސްގެ ހުރިހާ ވާރިސުންވެސް އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ.

ކުރިއަށް ރޯދަ މަސް އޮތުމުން ބަންދަށް ލުޔެއް ދޭން މައްސަލައިގައި ދައުވާ ލިބޭ މީހުން ވަނީ އެދިފަ އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މީހުން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.

ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެތީ ބަންދަށް ލުއި ނުދެވޭނެ ގާޒީ ވަނީ ނިންމަވާފަ އެވެ.

އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރި ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރާޢި ނުވަ މަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަމީން

ތިފަދަ ނުލަފާ މުޖުރިމުންނަށް މަރުގެ އަދަބު ތަންފީޒު ނުކުރެވޭހާ ހިނދު މިޤައުމުން ތިކަމެއް ނުހުއްޓޭނެ. ރޯމާދުވާލު ފަހަތުން ދުވެ ގަރާޖެއްތެރޭ ވަޅިތަކުން ޤަތުލުކޮށްލީމާވެސް 6 އަހަރު ވީއިރު އަދިވެސް ހަމަ މައްސަލަ ބަލަނީ ދެއްތޯ..

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910