ކްރިމިނަލް ކޯޓް

ނައުޝާދު މަރާލި މީހުންނަށް ދައުވާ ކުރަން ފޮނުވައިފި

Dec 10, 2023

މާފަންނު ކްލާސް ފިހާރަ ތެރޭގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސ. ހިތަދޫ، އިޒުމީރު، އަހްމަދު މުހައްމަދު ދީދީ (ނައުޝާދު/ނައުއްޓެ) އަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތުކުރެެވޭ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.

އެ ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނައުޝާދު މަރުވީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހުގެ ހެނދުނު 6:45 ހާއިރުއެވެ.

ނައުޝާދުގެ މަރުގެ މައްސަލާގައި ދައުވާކުރަމުންދަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އާއި ތ. ގާދިއްފުށި، ގުލޭނޫރަންމާގެ، ސިރުހާން އަލީގެ މައްޗަށެވެ.

މި ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ.

މި ދެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.