މޯލްޑިވްސް ޕޮލިސް ސާވިސް

ނައުޝާދު މީގެ ކުރިން 100 އަށްވުރެ ގިނަ ފަހަރު ހައްޔަރު ކުރި

މުހައްމަދު ނައުޝާދު 42، / ސޯސަންގެ ނ. މިލަދޫ
0%
0%
100%

އަންހެން ހެދުން އަޅައިގެން އުޅެނިކޮށް މި ހަފްތާ ތެރޭ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ، އެކިއެކި ކުށްތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަން އެނގިއްޖެ އެވެ.

އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނިކޮށް ހައްޔަރުކޮށްފައިވަނީ މުހައްމަދު ސަބާހު 46، / ގދ. ވާދޫ ލިލީގެ އަދި މުހައްމަދު ނައުޝާދު 42، / ސޯސަންގެ ނ. މިލަދޫ އެވެ.

މި ދެ މީހުންގެ ތެރެއިން މުހައްމަދު ނައުޝާދުއަކީ ކުދިކުދި ކުށްތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރު ބަންދު ރެކޯޑް އޮތް މީހެކެވެ. އޭނާ މިހާރުވެސް ހުރީ ބަންދުކޮށްފައެވެ.

އަންހެން ހެދުން އަޅައިގެން ވައްކަން ކުރި މައްސަލައިގައި ހިމެނޭ ދެ މީހުން

ކުރިން އެހެން ފަހަރެއްގައި ނައުޝާދުގެ ބަންދު އަމުރަކުން އެނގޭ ގޮތުގައި އާއްމު ޖިނާއީ ނިޒާމުގެ ތެރެއިން މި ފަދަ މީހުން އިސްލާހުވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހުވަނީ ފާހަގަ ކުރައްވާފަ އެވެ.

ގާޒީ މިސްބާހު ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި ނައުޝާދަކީ ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި އެ ބާވަތުގެ އެކިއެކި ކުދިކުދި ކުށްތަކަށް އަރައިގަންނަމުންދާ މީހެކެވެ.

"އާއްމު ޖިނާއީ ނިޒާމުގެ ތެރެއިން މިހާރު އަމަލު ކުރަމުންދާ ގޮތަށް ދައުވާކޮށްފައި އަދަބު ކަނޑައެޅިކަމުގައިވީ ނަމަވެސް މިއީ އެފަދަ މީހުން އިސްލާހުވުމަށް ބާރު އެޅޭ ފަދަ އަދަބެއް ކަމުގައި ނުވޭ" ގާޒީ މުހައްމަދު މިސްބާހު ކުރިން ވިދާޅުވެފައިވެ އެވެ.

މިފަދަ މީހުންނަކީ މުޖުތަމައުން އެކަހެރިކޮށް އިސްލާހުކުރުމުގެ ނިޒާމެއްގެ ތެރެއަށް ވެއްދުމަށްފަހު، އިސްލާހުވެ މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ދަސްކުރުމަށްފަހު އަމިއްލަ ދިރިއުޅުމެއް އުޅެން ތައްޔާރުވުމުން ނޫނީ އަލުން މުޖުތަމައަށް ދޫނުކުރެވޭނެ މީހުން ކަމަށް ދެކެވަޑައިގަންވާ ކަމަށް ގާޒީ އޭރު ފާހަގަ ކުރައްވާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345