އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އެމްއައިޓީން ތަމްރީންކުރަނީ

Aug 10, 2022
1

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ދެމެދު ފަންނީ ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. އެމްއައިޓީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑިރެކްޓާ އޮފް ޕްރޮގްރާމް އާދަމް ހަލީމް އެވެ.

މިއެއްބަސްވުމަކީ އެމްއައިޓީން ކުރިއަށްގެންދާ ކޯސްތަކުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ބައިވެރިކޮށް އެކި ދާއިރާތަކުން ތަމްރީންކުރުމަށްޓަކައި ފަސް އަހަރު ދުވަހަށް ސޮއި ކުރެވުނު އެއްބަސްވުމެކެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުކުރުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ހާއްސަ އިސްކަމެއްދޭ ކަމަށެވެ.

އެމްއައިޓީން ކުރިއަށް ގެންދާ ޓެކްނިކަލް ކޯސްތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯސްތަކަކަށް ހެދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެއްބަސްވުމުގެ ދަށުން އެމްޑަބްލިއުއެސްސީން ވެސް ފޯރުކޮށްދޭނެ އެވެ.