އަލިފާން

ތެއްޔެއްގައި ރޯވެ ގެއެއްގެ ބަދިގޭގެ ބައެއް އަނދައިފި

Aug 15, 2022

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގެއެއްގެ ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިހާދިސާ އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 2:09 ހާއިރު އެވެ.

ހާދިސާގެ މައުލޫމާތު ލިބުމާ އެކު އަލިފާން ރޯވި ގެއަށް ސިފައިން ފަޔާމަނުން ގޮސް ބަދިގޭގައި އުދާފައި ހުރި ތެލީގައި ރޯވި އަލިފާން ނިއްވާލާފައިވަނީ 2:21 ހާއިރު އެވެ.ވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްއ ނުވެ އެވެ. ނަމަވެސް އެގޭގެ ބަދިގޭގެ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވެ އެވެ.