ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ދަބަހުން ވަޒަންތަކެއް ފެނުނު މައްސަލަ ބަލަނީ

Jan 10, 2016

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެއާޕޯޓަށް ޗެކިންވި އިރު ދަބަހެއްގެ ތެރެއިން ވަޒަންތަކެއް ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ހުށަހެޅި އެ މައްސަލަ ބަލަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އެކަން ބަލަން ފެށީ ޑިފެންސް މިނިސްޓްރީގެ އެދުމުގެ މަތިންނެވެ.

އެ މައްސަލައިގައި ބަޔާން ނަގަން ޖެހޭ ބައެއް މީހުންގެ ބަޔާންތައް މިދިޔަ ޑިސެމްބަރު މަހު ފުލުހުން ނަގާފައިވެ އެވެ. އަދީބުގެ އަތް ދަބަހުން ވަޒަން ފެނުނު މައްސަލައެއް ފެންމަތިވީ އޭނާ 2014 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، ރާއްޖެއިން ބޭރަށް ފުރަން ދިޔައިރު ގެންގުޅުނު އަތްދަބަސް ސްކޭން ކުރި އިރު އޭގެއިން ވަޒަންތަކެއް ފެނުމުންނެވެ. ސްކޭން މެޝިނުން އެކަން ދެއްކުމުން އަދީބު ވަނީ ދަބަހުގައި ހުރި އޭނާގެ ތަކެތި ނެގުމަށް ފަހު ދަބަސް ދޫކޮށްލައްވާފައި ކަމަށް އޭރު ވާހަކަ ދެކެވުނެވެ.

އެހެން ނަމަވެސް އޭރު ހުރިހާ މުއައްސަސާއަކުން ވެސް އެކަން ދޮގު ކުރި އެވެ.