- ގައްސާން ސޯޝަލް އެފެއާޒް ސްޓޭޓް މިނިސްޓަރުކަން
- އިކޮނޮމިކް ރިލޭޝަންސް ސްޓޭޓް މިނިސްޓަރުކަން ލުވެއިޒްއަށް
- މުޖުތާޒު ސްޓޭޓް މިނިސްޓަ ފޯ ޕްރެޒިޑެންޝިއަލް އެފެއާޒް އަށް
މަޝްހޫރު ގާނޫނި ވަކީލު އައިޝަތު އާޒިމާ ޝަކޫރަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން މިއަދު ދެއްވައިފި އެވެ. އަދި މީގެ އިތުރު ތިން ބޭފުޅަކަށް މިއަދު ވަނީ ތިން ދާއިރާއަކަށް ހާއްސަ ކޮށްގެން ސްޓޭޓް މިނިސްޓަރުކަން ދެއްވައިފަ އެވެ.
މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސްޓޭޓް މިނިސްޓަރުކަން ދެއްވާފައިވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިހާރު ވެސް ތިއްބެވި ގައްސާން މައުމޫން އާއި މުހައްމަދު މުޖުތާށަށެވެ. އަދި މުޅިން އަލަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ މުހައްމަދު ލުވައިޒް އަށެވެ.
އާޒިމާ ޝަކޫރް މިނިސްޓަ ފޯ ލީގަލް އެފެއާޒްގެ މަގާމަށް އައްޔަނު ކުރި އިރު ގައްސާން މައުމޫން އައްޔަނު ކުރެއްވީ ސްޓޭޓް މިނިސްޓަރ ފޯރ ސޯޝަލް އެފެއާރޒް އަށެވެ. އަދި ލުވައިޒް ސްޓޭޓް މިނިސްޓަރު ފޯ އިކޮނޮމިކް ރިލޭޝަންސްގެ އަށް އައްޔަނު ކުރެއްވި އިރު މުޖުތާޒް އައްޔަނުކުރެއްވީ ސްޓޭޓް މިނިސްޓާ ފޯ ޕްރެޒިޑެންޝިއަލް އެފެއާޒް އަށެވެ.
މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި އޮތް ހާއްސަ ރައްމިއްޔާތެއްގައި ސްޓޭޓް މިނިސްޓަރު ކަމުގެ ހުވާ އެބޭފުޅުން ކުރައްވާ މަގާމުގެ ފަތްކޮޅު އެބޭފުޅުންނަށް ވަނީ އަރުވާފަ އެވެ. އެބޭފުޅުންނަށް ފަތްކޮޅު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނެވެ.