ބޮލީވުޑް

ސޯނަމްއަށް ފިރިހެން ކުއްޖެއް ލިބިއްޖެ

Aug 21, 2022

ކަޕޫރު އާއިލާއަށް ނިސްބަތްވާ ބޮލީވުޑްގެ ތަރި -- ސޯނަމް ކަޕޫރަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.

އިންޑިއާގެ ޒުވާން ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ އާއި 2018 ވަނަ އަހަރު ކައިވެނިކޮށްފައިވާ ސޯނަމް އަށް ދަރިއަކު ލިބެން އުޅޭކަން އެ މީހުން އިއުލާން ކުރީ މިދިޔަ މާޗް އެވެ.

ސޯނަމްއަށް އިއްޔެ ދަރިއަކު ލިބިފައިވާ ކަމަށް އިއުލާންކުރުމާ ގުޅިގެން ސޯނަމްގެ ސަޕޯޓަރުންނާއި ބޮލީވުޑްގެ ތަރިން ގެންދަނީ މަރުހަބާ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ. ސޯނަމް ވަނީ މަރުހަބާ ކިޔާފައިވާ އެންމެންނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

ސޯނަމް ވަނީ އަލަތު ދަރިފުޅަށް ބަލިވެއިނުމާ އެކު ސޯޝަލް މީޑިއާގައި އޭނާގެ ތަޖުރިބާތައް ގަވައިދުން ހިއްސާކޮށްފަ އެވެ.

ސޯނަމްގެ ފިލްމަކަށް އެންމެ ފަހުން ފެނިފައިވަނީ "އޭކޭ ވާސަސް އޭކޭ" އަށް ފަހު އޭނާގެ ފިލްމެއް އަދި ނުފެނެ އެވެ. ކްރައިމް ތްރިލާ ފިލްމު 'ބްލައިންޑް' އަކީ ދެން އެންމެ އަވަހަށް ސޯނަމް ފެންނާނެ ފިލްމީ މަސައްކަތެވެ.