ޑަބްލިޔޫއެޗްއޯ

ޑަބްލިއުއެޗްއޯގެ ވަފްދެއް ރާއްޖެއަށް

Aug 22, 2022

ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކޮށް ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް ފަންނީ ލަފާ ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯގެ ފަންނީ މާހިރުންގެ ވަފްދެއް ރާއްޖެ އަތުވެއްޖެ އެވެ.

އިއްޔެ ރާއްޖެ އައި ވަފްދުގެ ބޭފުޅުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ.

ވަފްދުގައި ހިމެނެނީ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހާއި، ސަރަހައްދީ އޮފީހާއި، މައި މަރުކަޒުގެ އިތުރުން އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ބޭފުޅުންނެވެ.

މިބޭފުޅުން ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާ ކެންސަރަށް ފަރުވާ ދޭ ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް ކަމާ ގުޅޭ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެ އެވެ.

ވަފްދުގެ ބޭފުޅުން ރާއްޖޭގައި ކޮންޓްރޯލް ކެންސަރު ކޮންޓްރޯލް ކުރުމަށާއި ކެންސަރަށް ފަރުވާ ދިނުމާއި ކެންސަރު ބަލީގެ މީހުންގެ މައުލޫމާތު ބަލަހައްޓާ އަދި ފޯރުކޮށްދޭ ހިދުމަތްތައް ރޭވިފައި ހުރި ގޮތްތައް ބެލުމަށް ހަމަޖެހިފައިވެ އެވެ.

މީގެއިތުރުން ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކެންސަރު ބަލި އަދި ދިގު މުއްދަތުގެ އެހެނިހެން ބަލިތަކަށް ހުށަހެޅޭ ސަބަބުތަކާއި ބަލިތަކުން މީހުން ރައްކާތެރިކުރުމާއި ފަރުވާގެ ނިޒާމު އިންތިޒާމު ކުރެވިފައިވާ ގޮތުގެ މައުލޫމާތުވެސް ވަފްދުގެ ބޭފުޅުން ހިއްސާކުރުމަށް ހަމަޖެހިފައިވެ އެވެ.

ވަފްދުގެ ބޭފުޅުންނަށް ލިބޭ މައުލޫމާތުގެ އަލީގައި އިބްތިދާއީ ސިއްހީ ހިދުމަތުގެ ނިޒާމުގެ ތެރެއިން މަރުކަޒީ ފެންވަރުގައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ސަރުކާރަށް ލަފާ ދިނުމަށް ހަމަޖެހިފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ މީހުން އަދަދު ރާއްޖޭގައި ދައްވަމުން ނުދާ ކަމަށެވެ. އެކަމާ ގުޅިގެން ކެންސަރާއި، ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި، ސްޓްރޯކް ފަދަ ބަލިތައް ޖެހޭ މީހުން އަދަދު އިތުރުވަމުންދަ ކަމަށްވެސް ބުންޏެވެ.