ދިރާގު

އެޑިއުކޭޝަން އެންޑް ޕްލޭސްމަންޓް ފެއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Aug 26, 2022

މިއަހަރުގެ އިންޓަނޭޝަނަލް އެޑިޔުކޭޝަން އެންޑް ޕްލޭސްމަންޓް ފެއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ނިއު މިލޭނިއަމް ކޮންސެޕްޓުން އިންތިޒާމްކޮށްގެން ބާއްވާ މި ފެއާ އޮންނާނީ މިއަދާއި މާދަމާ މީރުމާ އިވެންޓްސް ހޯލްގަ އެވެ.

މި ފެއާގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް އެވެ.

މިއީ ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް އެޑިކޭޝަން އެންޑް ޕްލޭސްމަންޓް ފެއާގެ 6 ވަނަ އެޑިޝަނެވެ.

މި ފެއާ މެދުވެރިކޮށް ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޔުނިވާސިޓީ، ކޮލެޖް، އަދި ޕޯސްޓް ސެކަންޑަރީ ތައުލީމުދޭ މަރުކަޒުތަކުގައި ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތަކާއި ޕްލޭސްމަންޓް ފުރުސަތުތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން ދިރާގުން މުޅި ފެއާގައި ޑިޖިޓަލް އެހީތެރިކަމާއި ކަނެކްޓިވިޓީ ފޯރުކޮށްދޭނެ އެވެ. އަދި ދިރާގުން އަބަދުވެސް ދަނީ ރާއްޖޭގެ އެޑިޔުކޭޝަން ދާއިރާ ކުރިއަރުވާ ޒުވާނުންނަށް އިތުރު ފުރުސަތުތައް މަގު ފަހިވާނެ ތަފާތު މަސައްކަތްތަކަށް އެއްބާރުލުން ދެމުންނެވެ.