މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވަން ޖެހިފައިވާ ބައްދަލުވުން ފަސްކޮށްފައިވާ ކަމަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީން ބުނެފި އެވެ.
ކުރީން އޮތީ މި ބައްދަލްވުން މާދަމާ ބާއްވާ ގޮތަށެވެ. ރައީސް އޮފީހުން މިއަދު ބުނީ ބައްދަލްވުން މި މަހުގެ އަންނަ މަހުގެ ފަހެއްވާ ހޯމަ ދުވަހަށް ބަދަލު ކޮށްފައިވާ ކަމަށެވެ. ބައްދަލްވުން އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 2:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރެއްވުމަށްޓަކައި ފުރިހަމަ ނަމާއި ދާއިމީ އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ޖެހުމަށް ފަހު 7960844 ނަންބަރު ފޯނަށް މެސެޖް ކުރުމަށް ރައީސް އޮފީހުން ވަނީ އެދިފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް އެދި މިއަހަރު ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޯމު ހުށަހެޅުން މި ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެންބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.