ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑު އެކުލަވާލައްވައިފި

Sep 1, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑް މިއަދު އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފި އެވެ.

މި ގޮތުން ބޯޑުގެ މެންބަރުކަމުގެ މަގާމަށް ހަ ބޭފުޅަކަ އައްޔަންކުރައްވާފައިވެ އެވެ.

ބޯޑުގައި ހިމެނޭ ބޭފުޅުން

  • މުޙައްމަދު ސާމިޢު (އެމްޓޭޝަންގެ، ރ.މަޑުއްވަރި)
  • ޑރ. ޙައްވާ ޢިނާޔާ ޢަބްދުއްރަޙީމް (އަލަމާގެ، ތ.ވިލުފުށި)
  • ފާތިމަތު ނަޝީދާ މުޙައްމަދު (މ.މުތާފުށި ، މާލެ)
  • ޢަލީ އިބްރާހީމް (ފައިވްސްޓަރ، ރ.ދުވާފަރު)
  • އާދަމް މާހިރު (މެޑޯޒް، ރ.އަލިފުށި)
  • މޫސާ ޢުމަރުމަނިކު (ޗަބޭލީގެ، ރ.ފައިނު)

ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މުހައްމަދު ސާމިއު އެވެ.

މިބޯޑު އުފެއްދެވުމާ ގުޅިގެން މިއަދުން ފެށިގެން ރ. އަތޮޅުގައިވާ ސަރުކާރުގެ 14 ސިއްހީ މަރުކަޒު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެވުމަށް ވަނީ ނިންމަވާފަ އެވެ.

މީގެކުރިން ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑުވެސް އެކުލަވާލައްވާފަ އެވެ. މީގެއިތުރުން ގްރޭޓާ މާލެ ސަރަހައްދުގައި ހިންގާ ސަރުކާރު ހޮސްޕިޓަލްތައް މެނޭޖުކުރުމަށްޓަކައި "މާލެ ހޮސްޕިޓަލްސް"ގެ ގަވާނިން ބޯޑުވެސް ރައީސް ވަނީ އެކުލަވާލައްވާފަ އެވެ.