ގެސްޓް ހައުސްތައް

އެންއެޗްޖީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

Sep 3, 2022
އެންއެޗްޖީއެމްގެ އެކްސްކޯ: ގެސްޓްހައުސް ސިނާއަތަށް އިތުރު ހިދުމަތްތަކެއް ދޭން ދަނީ ތައްޔާރު ވަމުން -- ފޮޓޯ: އެންއެޗްގޭމް
0%
0%
0%

ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް)ގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި އެވެ.

މާފުށީގައި މިއަދު އެ ޖަމިއްޔާ އިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން އެންއެޗްގޭމްގެ ރައީސް އަބްދުﷲ ނާޝިދު ވިދާޅުވީ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ގެސްޓްހައުސް ވިޔަފާރި ހީނަރުވެ 15 ޕަސެންޓުގެ ދަށްވުމެއް އައިސްފައިވާ ކަމަށެވެ. އަދި މިހާރު ކުރަން ޖެހިފައިވާ ކަމަކީ މި ސިނާއަތަށް އެހީވުން ކަމަށާ، އެ ޖަމިއްޔާއިން އެކަން ކުރާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އަބްދުﷲ ވިދާޅުވީ ކޮވިޑަށްފަހު ގެސްޓްހައުސް ސިނާއަތް ހުޅުވިގެން ގޮސްފައިވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން އަވަހަށް މި ދާއިރާ ހުޅުވުމަކީ ލިބުނު އެންމެ ބޮޑު އެހީގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

އެންއެޗްޖީއެމްގައި އެ ޖަމިއްޔާގެ ބައެއް މެންބަރުންނާއި އިންޑަސްޓްރީގެ ބައެއް ފަރާތްތައް -- ފޮޓޯ: އެންއެޗްގޭމް

އޭޖީއެމްގައި އެ ޖަމިއްޔާއިން ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން އެ ޖަމިއްޔާއިން އެންއެޗްޖީއެމް ރީބްރޭންޑް ކުރަން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ދީފަ އެވެ. އެ ޖަމިއްޔާއިން ހަދާފައިވާ އާ ލޯގޯ އާއި ސްލޯގަން ވެސް މިއަދު ވަނީ ދައްކާލާފަ އެވެ. އާ ސްލޯގަންގެ ގޮތުގައި ތައާރަފުކޮށްފައިވަނީ "އައިއެމް މޯލްޑިވްސް" އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910