ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ޑޭޓާ ރޯލްއޯވާ ތައާރަފު ކޮށްފި އެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑޭޓާ ރޯލްއޯވާ ތައާރަފު ކުރުމާއެކު، މިދިޔަ މަސް ނިމިގެންދިޔައިރު ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ހުރިހާ ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުން ނުކޮށް ހުރި ކޯ ޑޭޓާ އެލެވަންސް ވަނީ މިމަހުގެ އެލަވަންސާއި އެކު ހިމަނާފަ އެވެ.
ދިރާގުން ބުނީ މީގެ ފަހުން އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސާ އެކު ހިމެނިގެންދާނެ ކަމަށެވެ. މި ރޯލްއޯވާ ކުރެވޭ ޑޭޓާ ބޭނުން ކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށް ކަމަށް ދިރާގުން ބުނެ އެވެ.
"މިއީ ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް،" ދިރާގުން ބުންޏެވެ.
މި ހިދުމަތް ތައާރުފުކޮށްފައިވަނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއައްދާ ދަނޑިވަޅެއްގައި ކަމަށް ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ހިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.