ތިމަރަފުށި

ތިމަރަފުށީގެ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ

Sep 6, 2022
1

ތ. ތިމަރަފުށީގެ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި މަރުވެފައިވަނީ އުމުރުން 29 އަހަރުގެ އަހްމަދު ހުސާން އެވެ.

ހުސާން މަރުވީ މެއަށް ތަދެއް އަރައިގެން ތ. ވޭމަންޑޫ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ތިމަރަފުށި ކައުންސިލް އިދާރާގައި މަސައްކަތް ކުރަމުން ދިޔަ ހުސާން މަރުވިއިރު އޭނާގެ ސިއްހީ ބޮޑު މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށް ބައެއް އެކުވެރިން ބުނެފައިވެ އެވެ.

ހުސާންގެ ކަށު ނަމާދު އޮތީ މިއަދު ހެނދުނު 09:00 އިރު ތިމަރަފުށީ މަސްޖިދު ހަސަން ހާޖީގަ އެވެ.

ޒުވާން އުމުރުގައި މިފަހުން ރާއްޖޭގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެފަދަ ގިނަ މަރުތަކުގައި މީހުން މަރުވަނީ ހަމަ ކުއްލި އަކަށެވެ.

ސޯޝަލްމީޑިއާގައި ބައެއް އާންމުންވެސް މިމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މިކަން މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކަމާ ގުޅޭ އިދާރާތަކަށް ދަނީ ގޮވާލަމުންނެވެ.