ދިރާގު

ސެމްސަންގްގެ އެންމެ ފަހުގެ ދެ ފޯން ދިރާގުން މިހާރު ލިބޭނެ

Sep 6, 2022
1

ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް4 އަދި ސެމްސަންގް ގެލެކްސީ ޒީ ފްލިޕް4 ދިރާގު ވެބްސައިޓުން ފަސޭހަކަމާއެކު މިހާރު ގަންނަން ލިބޭނެ އެވެ.

ރީތި ކުލަތަކާއިއެކު ފަތްޖަހާލެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި ދެ ފޯނުވެސް މިހާރު ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓެއްގެ ދަށުންވެސްގަނެވޭނެއެވެ.

ޒީ ފޯލްޑް4 އަދި ޒީ ފްލިޕް4 ގަންނަ ކަސްޓަމަރުންނަށް ހަމަސް ދުވަހަށް މަހަކު 5ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެ އެވެ.

މީގެ އިތުރުން ޒީ ފޯލްޑް4 ފުލް ޕޭމަންޓްގައި ގަންނަ ކަސްޓަމަރުންނަށް 3000 ރުފިޔާގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ. އަދި ގެލެކްސީ ޒީ ފޯލްޑް4 އަދި ޒީ ފްލިޕް4 ގަންނަ ފަރާތްތަކަށް ތިމަސް ދުވަހުގެ ހިލޭ ސްޕޮޓިފައި އަދި ވަން ޑްރައިވްގެ 100ޖީބީ ހަމަސް ދުވަހަށް ބޭނުންކުރެވޭ ސެމްސަންގް ޕްރޮމޯޝަންގައިވެސް ބައިވެރިވެވޭނެ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓް ފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށް ވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަ ދިނުމަށް މަސައްކަތް ކުރަމުންނެވެ.

ސެމްސަންގްގެ އާ ފޯނުތައް ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެ އެވެ.