ލައިފްސްޓައިލް

ނިދުމުގެ އާ ރެކޯޑެއް ހަދައި އެއްލައްކަ ރުޕީސްގެ އިނާމެއް

ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް އެމީހެއްގެ ހޮބީއެއް މުހިއްމު ދައުރެއް ކުޅެ އެވެ. މިއީ އެފަދަ އަންހެން ކުއްޖެއްގެ ވާހަކަ އެވެ. މި އަންހެން ކުއްޖާގެ ހޮބީ އަކީ ނިދުމެވެ. ކިތަންމެ ގިނަ އިރަކު ނިދަން ޖެހުނަސް އޭނާ އުފަލާއެކު އެކަން ކުރާނެ އެވެ.

ތުރިޕަރްނާ ޗަކްރަބަތީ އަކީ އިންޑިއާގެ ވެސްޓް ބެންގާލްގެ ޝްރީރާމްޕޫރު އަވަށުގައި ދިރިއުޅޭ ކުއްޖެކެވެ. އޭނާ ނިދުމަށް ލޯބިކުރާ މިންވަރުން އެންމެ ފަހުން ނިދުމުގެ މުބާރާތުގައި ބައިވެރިވެ އެއްވަނަ ހޯދައިގެން ގިނަ އަދަދެއްގެ ފައިސާގެ އިނާމު ވަނީ ހޯދާފަ އެވެ.

މި ކުއްޖާ ރެކޯޑް ހެދީ 100 ދުވަސް ވަންދެން ކޮންމެ ދުވަހަކުވެސް ނުވަ ގަޑިއިރު ނިދައިގެންނެވެ.

މުޅި އިންޑިއާއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ބައިވެރިވާން 4.5 ލައްކަ މީހުން އެޕްލިކޭޝަން ހުށަހެޅި އެވެ. މީގެ ތެރެއިން މުބާރާތަށް ހޮވާފައިވަނީ 15 ބައިވެރިއެކެވެ. އަދި ފައިނަލްގައި ވާދަކުރީ ހަތަރު ބައިވެރިންނެވެ.

މުބާރާތުން އެއްވަނަ ހޯދި ތުރިޕަރްނާ ބުނި ގޮތުގައި ފައިނަލްގައި ވާދަކުރި ހަތަރު ބައިވެރިންނަށް ގޮދަނޑިއަކާއި ސްލީޕް ޓްރެކާއެއް ދީފައި އެމީހުންގެ ނިދުމުގެ ހުނަރު ދައްކާލަން އެންގި އެވެ.

ތުރިޕަރްނާ އަށް މި މުބާރާތާ ބެހޭ މައުލޫމާތު ފެނުނީ ވެބްސައިޓަކުންނެވެ.

އާއްމުކޮށް ރޭގަނޑު ހޭލާ އުޅެފައި ދުވާލު ނިދަން އާދަވެފައިވާ ތުރިޕަރްނާ އަށް މި މުބާރާތުގައި ބައިވެރިވެ ނިދުމަކީ އެއްވެސް ކަމަކަށް ނުވި އެވެ. އެހެންވެ ފަސޭހަކަމާއެކު މުބާރާތް ކާމިޔާބުކުރެވުނީ އެވެ.

މި މުބާރާތް ކާމިޔާބުކުރުމުން އަރްޗަނާ އަށް ހަ ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ލިބިފައިވެ އެވެ. މި ފައިސާ އޭނާ ޚަރަދުކުރަން ގަސްތުކުރަނީ އަމިއްލަ ބޭނުމަށެވެ.

އަރްޗަނާ އަކީ ގޭގައި އިނދެގެން އެމެރިކާގެ ކުންފުންޏަކަށް މަސައްކަތް ކޮށްދޭ މީހަކަށް ވާތީ އާއްމުކޮށް މަސައްކަތްކުރަނީ ރޭގަނޑު ހޭލާ އިނދެގެންނެވެ.