އޮމްބަޑްސްޕާސްންސްގެ އޮފީސް

އޮމްބަޑްސްޕާސަން ލައިޒާ އިސްތިއުފާ ދެއްވައިފި

Sep 8, 2022
1

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ އޮމްބަޑްސްޕާސަން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިދިޔަ އަންގާރަ ދުވަހު ލައިޒާގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށެވެ.

ލައިޒާ އިސްތިއުފާ ދެއްވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ އޮމްބަޑްސްޕާސަން މަގާމަށް ގއ. ކަނޑުހުޅުދޫ / ބްލޫރޯޒް ޖިހާދާ އަނީސް އާއި، ހ. ފެހިއާލާ / މަރިޔަމް ލައިޒާ އައްޔަންކުރީ ޖެނުއަރީ 16، 2021 ގައެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ލައިޒާ ހުންނެވީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ލެކްޗަރާއެއްގެ މަގާމުގަ އެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި އުފެއްދި މި އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.