އޮމްބަޑްސްޕާސަންގެ އޮފީސް

ޖަލުގައި ކުރި އަނިޔާގެ 11 މައްސަލަ

ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް -- ފޮޓޯ: އަވަސް
0%
0%
0%

ޖަލުތަކުގައި ކުރި އަނިޔާތަކުގެ 11 މައްސަލައެއް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅައިފި އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޖަލުތަކުގެ އަނިޔާއާ ގުޅޭ ގޮތުން ބާއްވާ ކްލޯޒްޑް ހިއަރިން -- ސިއްރު އަޑުއެހުންތަކުގައި ނަން ނޯޓުކުރަން ހުޅުވާލި ފުރުސަތުގައި 11 މައްސަލަ ހުށަހެޅުނު ކަމަށެވެ.

ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ބޮޑެތި ސީރިއަސް މައްސަލަތަކެއް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މާފުށީ ޖަލުގެ އިތުރުން މާލޭގައި އަޑުއެހުން ކުރިއަށް ގެންދާނެ ކަމަށެވެ.

ސިއްރު އަޑުއެހުމުގައި ބަޔާން ދިނުމަށް ހުޅުވާލި ފުރުސަތުގައި 150 އަށްވުރެ ގިނަ މީހުން ނަންނޯޓު ކުރި ކަމަށާއި ބަޔާން ނެގުމަށް ޝޯޓް ލިސްޓްކުރެވުނީ ގާތްގަނޑަކަށް 50 މީހުންގެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ ޖޫން 13، 2021 އިން ސެޕްޓެމްބަރު 13، 2021 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ފުރުސަތު ހުޅުވައިލާފަ އެވެ. އެ ފުރުސަތުގައި ޖުމްލަ 487 މައްސަލަ ހުށަހެޅުނުއިރު ބަލަން ނިންމާފައި ވަނީ 449 މައްސަލަ އެވެ.

އެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބެލުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910