ހަބަރު

ޖުޑިޝަރީގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދޭންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދޭންޖެހޭ ގޮތަށް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު ސުޕްރީމް ކޯޓުން މިއަދު އިސްލާހުކޮށްފި އެވެ.

އެ ކޯޓުން ނެރެފައިވާ ސާކިއުލާއަކުން ގެނައި އެ އިސްލާހުގައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 53 ވަނަ މާއްދާ އިސްލާހުކޮށް، ކަނޑައެޅިފައިވާ އުސޫލުން މުސާރައާ އެކު ސާވިސް އެލަވަންސްގެ އިތުރުން ލިވިން އެލަވަންސް ދޭންޖެހޭނެ ކަމަށެވެ.

މީގެ ކުރިން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ އިތުރުން ދެމުން ދަނީ ސާވިސް އެލަވަންސެއް އެކަންޏެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވާ ނެރެފައިވާ އެ ސާކިއުލާގައި ވަނީ ޝަރުއީ ދާއިރާގެ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރު ކުރުމަށް އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މިނިވަންކަމާއި މުސްތަގިއްލު ކަން ދެމެހެއްޓުމަށް އެކަށީގެންވާ މިންވަރުގެ އުޖޫރައެއް އެ މުވައްޒަފުންނަށް ދިނުމަކީ ބޭނުންތެރި ކަމެއް ކަމަށް ފެންނަ ކަމަށެވެ.