ދުނިޔެ

މިޑްޓާމް އިލެކްޝަންގެ ކުރިން ނިއުކްލިއާ ޑީލް ނުހަދާނެ: އިޒްރޭލު

އެމެރިކާގައި ނޮވެމްބަރު އަށެއްގައި އޮންނަ މިޑްޓާމް އިލެކްޝަންގެ ކުރިން އީރާނާ އެކު ނިއުކްލިއާ ޑީލެއް ނުހަދާނެ ކަމަށް އިޒްރޭލުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މި ގޮތަށް ނިންމައިފިނަމަ އެމެރިކާގެ އިޚުލާސްތެރިކަން މިއޮތި ފާޅުވެފަ އެވެ. އީރާނުން ތާއަބަދު ދައްކަމުން ދިޔަ ވާހަކަ ދެކޮޅުޖެހި އިޒްރޭލުގެ މި ކޮމެންޓާ އެކު ހާމަވީ އެވެ.

އެމެރިކާ އިން އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމެއް ހަދަން ބޭނުންވި ނަމަވެސް އީރާން ބުނި ގޮތުގައި ހަގީގަތަކީ އެމެރިކާއާ ހެދި ހުރަސްތައް ކުރިމަތިވުމެވެ.

އިޒްރޭލުގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެމެރިކާގެ މިޑްޓާމް އިލެކްޝަންގެ ކުރިން އަދި އިޒްރޭލުގައި ނޮވެމްބަރު އެކެއްގައި އޮންނަ އާންމު އިންތިހާބުގެ ކުރިން އީރާނާ އެކު އެއްބަސްވުމަކަށް އެމެރިކާ ނުދާނެ އެވެ.

އެމެރިކާގައި ގާނޫން ހަދާ މަޖިލީހަށް މެމްބަރުން ހޮވުމުގައި މަސްރަހު ދަންނަ މީހުން ބުނަނީ ވެރިކަން ކުރާ ޕާޓީ -- ޑިމޮކްރެޓުންނަށް އަޣުލަބިއްޔަތު ނުލިބޭނެ ކަމަށެވެ. މިހާރު ވެސް 50-50 އިން ސެނެޓް ހިފަހައްޓާފައި އޮތީ ނައިބުރައީސް ކަމަލާ ހެރިސްގެ ވޯޓާ އެކު އެވެ.

އަނެއްކޮޅުން އިޒްރޭލުގެ ގާނޫން ހަދާ މަޖިލީހުގައި ސަރުކާރުގެ ކޯލިޝަނަށް އަޣުލަބިއްޔަތު ގެއްލިފައި އޮތްއިރު، ކުރިއަށް އޮތް އިންތިހާބަކީ އިޒްރޭލުގެ ވިސްނުން ނުއަތަށް ޖެހުން އެކަށީގެންވާ އިލެކްޝަނެއް ކަމަށްވެސް ބުނެވެ އެވެ.

އިލެކްޝަންގެ ކުރިން ނިއުކްލިއާ ޑީލެއް ނުހެދި ނަމަވެސް، ބައިޑަން ސަރުކާރު އޮތީ އީރާނާ އެކު ޑީލެއް ހަދާ ގޮތަށް ކަމަށް ބުނެވެ އެވެ.

އެމެރިކާ އިން ޑީލެއް ހަދަން ބޭނުން ނުވާނަމަ އެ މަޝްވަރާތަކުގައި އެއްވެސް ވަރަކަށް -- ސީދާކޮށް އަދި ނުސީދާކޮށް ވެސް ބައިވެރި ނުވީސް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެމެރިކާގެ ގާނޫން ހަދާ މަޖިލީހަށާއި މުޅި ސެނެޓަށް މެމްބަރުން އިންތިހާބުކޮށް ނިމުމަށް ފަހު އީރާނާ އެކު ހަދާ ޑީލްގެ މާއްދާތައް ބަދަލުވާނެ އެވެ. ބައިޑަން ސަރުކާރަށް އަޣުލިބިއްޔަތު ލިބިއްޖެނަމަ މާއްދާތައް އޮންނަ ގޮތް، އަޣުލަބިއްޔަތު ނެތް ހާލަތާ ތަފާތުވާނެ އެވެ.

އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމެއް އެމެރިކާއަށް ހެދެން އޮތީ އެއްބަސްވާ މާއްދާތަކުގައި އިޒްރޭލަށް ނުރައްކަލެއް ނެތް ނަމަށެވެ. އަދި އިޒްރޭލު ބޭނުންވާ ގޮތަށް މާއްދާތައް ކޮށައި މެށުމަށްފަހު މެނުވީ އެމެރިކާ ވަކި ގޮތަކަށް ނުނިންމާނެ އެވެ.