ސިވިލް ކޯޓް

ސިިވިލް ކޯޓުގެ ގާޒީ ކަމަށް 17 ބޭފުޅުން

Sep 12, 2022

ސިވިލް ކޯޓުގެ ހުސްވެފައިވާ ގާޒީ ކަމުގެ ދެ ސްލޮޓަށް ކުރިމަތިލުމަށް ހުޅުވާލުމުން ޖުމްލަ 17 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ސވިލް ކޯޓަށް ދެ ގާޒީން ހޯދުމަށް ވަކިވަކިން އިއުލާން ކުރީ އެ ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނެވި ޒުބައިރު މުހައްމަދު މިދިޔަ ޖުލައި 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި ސިވިލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަބްދުﷲ އަލީ މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • އަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫ
  • އަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175
  • މުހައްމަދު ވިދާން ޝާކިރު / ހ. ހުދުފިނިފެންމާގެ
  • އަލީ ނަދީމް / ހ. ގްލޯރިއޯސާ 2
  • ނަފީލް މުހައްމަދު / ލަކީހޯމް، ގއ. ދާންދޫ
  • ސިނާން އަލީ / ސަންޑަލްވޫޑް، ގދ. ފިޔޯރީ
  • އަހްމަދު މައުސޫމުުު / ހަވީރީމަންޒިލް، ލ. މާބައިދޫ
  • ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސް
  • އަބްދުﷲ އިހްސާން / ސައިފަތްމާގެ، ސ. ހިތަދޫ
  • ފަތުހުﷲ ޖަމީލް މޫސާ / ނަލަމަލަ، ލ. މާވަށް
  • ފައިސަލް އާދަމް / ދެތަނޑިމާގެ، ހދ. ފިނޭ
  • އާދަމް ޒާލިފް / އޯކިޑުމާގެ، ގއ. ގެމަނަފުށި
  • މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ. ދިއްދޫ
  • އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ
  • އާމިނަތު ޒިދުނާ / ހުޅުމާލެ. ގޯތި 10654 ގެ އޭ-01 ފްލެޓް
  • ހަސަން ޝަމާމް / ކޮށިތެރޭގެ، ހއ. އިހަވަންދޫ
  • އާމިނަތު ރައިޝަމް / ނިއުފްލާވަ، ގއ. ގެމަނަފުށި

ސިވިލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާއާ އެކު ޖުމްލަ 46،650 ރުފިޔާ ލިބެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.

ގާޒީ އަބްދުﷲ އަލީއާ އެކު ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި މިވަގުތު މަސައްކަތް ކުރައްވަނީ 14 ބޭފުޅުންނެވެ.