ފަރެސް މާތޮޑާ

މަސްވެރިންގެ ދުވަސް ފަރެސްމާތޮޑާގައި ބާއްވަން ނިންމައިފި

Sep 13, 2022

މި އަހަރުގެ މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާ ކަމުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިގޮތަށް ހަމަޖެއްސެވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީން ކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ ޑިސެމްބަރު 1989 ގައެވެ.

ސަރުކާރުން އަންނަނީ އޭގެފަހުން ކޮންމެ އަހަރަކުވެސް ކުލަގަދަ ގޮތެއްގައި ރާއްޖޭގެ ކޮންމެވެސް ރަށެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުންނެވެ.

އެންމެފަހުން މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ކ. ގާފަރުގަ އެވެ.