މޯލްޑިވްސް މީޑިއާ ކައުންސިލް

މީޑިއާ އެތިކްސް ކޯހެއް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކޯސް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ އެމްއެމްސީ
0%
0%
0%

ރާއްޖޭގެ އޮންލައިން މީޑިއާ އެތިކްސް ކޯހެއް ހިންގުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކެނެޑާގެ އެލިނިއަ އިންޓަނެޝަނަލް އިން ފަރުމާކޮށްފައިވާ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

ކޯހުގެ އެއްބަސްވުން އެކުލަވާލާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި އެލިނިއަ އިންޓަނޭޝަނަލް އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި ޕަބްލިކް ސާވިސް މީޑިއާގެ މޯލްޑިވްސް މީިޑިއާ އިންސްޓިޓިއުޓްއާ ދެމެދު އެވެ.

އެމްއެމްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު ހަސަނެވެ. އެލިނިއަ އިންޓަނޭޝަނަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެލިނިއަ އިންޓަނޭޝަނަލްގެ ނައިބު ރައީސް ޗާލްސް ޑަފެވެ. އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. ޒަކަރިއްޔާ މޫސާއެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ އެވެ. މީޑިއާ އިންސްޓިޓިއުޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެޑް އޮފް އިންސްޓިޓިއުޓް މުހައްމަދު ޖިނާހެވެ.

މި ކޯހަކީ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ އަދި ޖާނަލިސްޓިކް ބެސްޓް ޕްރެކްޓިސްގެ ބައިނަލްއަގްވާމީ ފެންވަރަށް ފެތޭ ގޮތަށް ފަރުމާކުރެވޭ ކޯހެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910