ޖޯ ބައިޑަންގެ ސަރުކާރުން މިސްރަށް އަސްކަރީ އެހީގެ ގޮތުގައި ދޭން ހަމަޖެއްސި 130 މިލިއަން ޑޮލަރުގެ ހިފަހައްޓައިފި އެވެ. މި ފައިސާ ނުދޭ ގޮތަށް އަދި މުޅިން ނިންމާފައެއް ނުވެ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުން އަސްކަރީ އެހީ ހިފެހެއްޓި މައިގަނޑު ސަބަބަކީ އިންސާނީ ހައްގުތަކަށް އޯގާތެރިވުމުގައި މިސްރު ތަންކޮޅެއް ފަހަތުގައި އުޅުމެވެ. އެމެރިކާ އެދޭ އެންމެ ބާރުމިނުގައި މިސްރަށް ކުރި ހޯދިފައި ނުވުމެވެ.
އަސްކަރީ އެހީ ހިފެހެއްޓި ނަމަވެސް މިސްރަށް ދޭ އެހިތެރިކަން ހުއްޓާނުލާ ކަމަށް އެމެރިކާ ބުނެ އެވެ. އެހެން ދިމަދިމާއިން އެހީތެރިވާނެ ކަމަށާއި މިހާރުވެސް ކޮންމެވެސް ވަރަކަށް ފައިސާ ދޫކޮށްފައި ވާނެ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.
ސިޔާސީ ކުށްވެރިންނަށް ލުއިދިނުމާއި ބައިނަލްއަގުވާމީ މުޖުތަމައުގައި އަމަލުކުރާ -- އިންސާނީ ކަރާމާތާ ގުޅުން ހުރި އުސޫލުތަކަށް މިސްރު އަމަލުކުރުމަކީ އުންމީދެއް ކަމަށް ބެލެވޭތީ އެހިތެރިވަނީ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިކެން ފާހަގަކުރެއްވި ގޮތުގައި ޖަލު ހައްޔަރުގައި ތިބި އެތައް ބަޔަކަށް މިސްރުން ލުއިދީ އަދި އިތުރު ބަޔަކު ވަނީ ދޫކޮށްލާފަ އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި ހައްގަކާ ނުލައި އަދި ކުށެއް ނެތި ޖަލުގައި މީހުން ހައްޔަރު ކުރުމުގެ ސިފަތައް މިސްރުން ދޫކޮށްލާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.
މިސްރުގައި ބަދަލުތަކަށް އެދި ހަޅޭއްލަވާ މީހުން ވެސް ވަނީ އެމެރިކާ ދޭން ބުނި 300 މިލިއަން ޑޮލަރު މިސްރަށް ނުދިނުމަށް ގޮވާލާފަ އެވެ. އަދި އެމެރިކާ ކަނޑައަޅާ ޝަރުތުތަކަށް މިސްރުގެ ސަރުކާރުން އަމަލުކުރަން ފެށުމުން އެ ފައިސާ ދޫނުކުރަން ވެސް ވަނީ އެދިފަ އެވެ.
އެމެރިކާ ސަރުކާރުން މިސްރަށް އަބަދުވެސް އަސްކަރީ ގޮތުން އެހީތެރިވެ އެވެ. އެހެންނަމަވެސް ސިޔާސަތަށް އަންނަ ބަދަލުތަކުގައި އެ ފައިސާ ހިފަހައްޓައި، ލަސްކޮށް -- އަދި ބައެއް ފަހަރު އެއިން ބައެއް ނުދޭ ގޮތަށް ވެސް ނިންމަ އެވެ.
މިސްރަށް މި އަހަރު ކަނޑައަޅާފައި އޮތީ 1.3 ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ހިފަހައްޓާފައި ވަނީ 10 ޕަސެންޓެވެ.