ކަޒަކިސްތާނަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ފަށައިފި އެވެ.
ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޫކުރަން ފަށާފައި މިވަނީ ދިވެހި ސަރުކާރާއި ކަޒަކިސްތާން ސަރުކާރާ ދެމެދު މިދިޔަ މެއި މަހުގެ ތެރޭގައި ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހަށް އޮން އެރައިވަލް ވިސާ ދޫކުރި ނަމަވެސް އެއަށް ވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަން ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޕާސްޕޯޓަކީ އެންމެ ބާރުގަދަ ޕޯސްޕޯޓެވެ.